ads
މިއަދު އެންޑީއޭ ބޯޑުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން
މަސްތުވާތަކެތީގެ ގައުމީ ސާވޭއެއް ހަދަން މަޝްވަރާކޮށްފި
މަސްތުވާތަކެތީގެ ގައުމީ ސާވޭއެއް ހަދަން މަޝްވަރާކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ހޯމް މިނިސްޓްރީން ބުނީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑުގެ ފަރާތުން ދިވެހި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވާފައިވާކަމަށެވެ.

އެގޮތުން އެ ބައްދަލުވުމުގައި މަސްތުވާތަކެއްޗާ ގުޅޭ މައުލޫމާތު އެއްކުރުމާއި  ރާއްޖޭގައި މަސްތުވާތަކެއްޗާއި ގުޅޭ ގައުމީ ސާވޭއެއް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނުކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މަސްތުވާތަކެތިން ގައުމު ސަލާމަތްކުރުމަށް އެންޑިއޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގެ ކޮމިއުނިޓީތަކަކީ މަސްތުވާތަކެތިން ސާފުތަނަކަށް ހެދުމަށް ސިވިލް ސޮސައިޓީއާއެކު ވަރުގަދަ ޕާޓްނާޝިޕެއް ހަދާ މަސައްކަތްކުރަމްންދާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިދިޔަ ޖޫން މަހު ހާމަކޮށްފައިވެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ އެންމެހާ މަސައްކަތަތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށްޓަކައި ނޭޝަނަލް ޑްރަގް އެޖެންސީން މަސްތުވާތެކެތީގެ ފަރުވާދޭމީހުންނަށް ދެމުންގެންދިޔަ ފަރުވާތަކުގެ އިތުރު މޭޑިކަލް ފަރުވާ ހިމެނުމާއި، ރެސިޑެންޝިއަލް ފަރުވާއަށް ފަސޭހައިން ދެވޭނެ އިންތިޒާމުތައް އެކުލަވާލާ، މާލެއާއި ރާއްޖެގެ އެލި ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ ފަަރާތްތަކަށް އައުޓްރީޗްކޮށް ފަރުވާއަށް ގެނައުމަށްޓަކައި އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ވެސް ފަށާފައިވާކަން އެންޑީއޭއިން ފާހަގަކުރެ އެވެ. 

މަސްތުވާތަކެތީގެ މައްސަަލައަކީ ދިވެހި ރާއްޖޭގެ ކޮންމެ ގޭބިސީ އަކަށްހެން އަސަރުކޮށްފައިވާ މައްސަލައަކަށް ވާހިނދު ޒުވާނުންނާއި ފުރާވަރުގެ އުމުރުގެ ކުދިން މަސްތުވާތަކެއްޗާއި ދުރުކުރުމަށާއި އަދި އޭގެ ނުރައްކާތެރިކަން އެމީހުން ތަޖުރިބާކުރުމުގެ ކުރިން ތަފާތު ލައިފް ސައިކަލްތައް އަދި ދީނީ ކަންކަމަށް އެފަަރާތަތައް ހޭލުންތެރިކުރުވުމަށް ކުރަންޖެހޭ އެެންމެހާ މަސައްކަަތްތައްކޮށް، މި މަސައްކަތުގައި މުޅި މުޖްތަމައު އެކައްޗެއް ކިޔާ މިކަމާ ދެކޮޅަށް މުޅި ގައުމު އަތުގުޅާލުމަކީ މުހިއްމުކަމެއްގެ ގޮތުގައި އެންޑީއޭ އިން ދެކެ އެވެ.

އެންޑީއޭގެ ބޯޑުން ޖުލައި މަހު ވަނީ  މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ފަރުވާ އަށް އިތުރު ބޭހެއްގެ ފަރުވާ ފައްޓަން ނިންމާފައެވެ. އެންޑީއޭ ބޯޑުގެ ޗެއާ ޕާސަން ލުބުނާ ވިދާޅުވިގޮތުގައި އެއީ ޑްރަގްއަށް ފަރުވާދޭ މެޑިކަލް އެސިސްޓެޓް ޑޮކްޓަރީ ބޭހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް