ބީޗު ވޮލީއަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވީ، ބޫޓާނުގައި ނިމިދިޔަ ކާވާ ބީޗުވޮލީބޯލް ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ އެއްވަނަ ޕެއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއަށް މަރުހަބާ ވިދާޅުވުމަށް އެއާޕޯޓަށް ވަޑައިގެން ދެއްކެވި ވާހަކައިގައެވެ.
ވަޒީރު ވިދާޅުވީ ކުޅުންތެރިން ޕްރެކްސްޓިކްސް ކުރާނެ ތަނެއް އެއްމެ ރަނގަޅު ފެންވަރުގައި ތަރައްގީ ކުރައްވާނެ ކަމަށާއި ސަރުކާރުގެ ވިސްނުން މިހާރު ކުރީ މާލޭގައި މިހާރު އޮތް ބީޗު ކޯޓް މުބާރާތް ބޭއްވޭނެ ފެންވަރަށް ތައްގީ ކުރުން ކަމަށެވެ.
ބީޗު ވޮލީ އަކީ ރާއްޖޭގައި ވަރަށް ބޮޑަށް ކުރިއަށްގެންދެވޭނެ ކުޅިވަރެއް ކަމުގައި ގަބޫލު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.