ޗައިނާއިން ޓޭބަލްގެ އެއްވަނައިގަ އޮތީ 21 ރަން މެޑައްޔާ، 17 ރިހި އަދި 14 ލޯ މެޑަލްއާއެކު އެވެ. ޗައިނާގެ ޖުމްލައަކީ މިހާތަނަށް 52 އެވެ.
ޗައިނާއަށް ވުރެ ޖުމްލަ މެޑަލް ގިނަކޮށް ދެވަނައިގައި އޮތީ އެމެރިކާއެވެ. އެމެރިކާއިން 75 މެޑަލް ހޯދާފައިވައިރު، އޭގައި ހިމެނެނީ 19 ރަން މެޑަލް، 29 ރިހި އަދި 27 ލޯ މެޑަލްއެވެ.
ޓޭބަލްގެ ތިންވަނައިގަ އޮސްޓްރޭލިއާ އޮތީ 13 ރަން މެޑަލް 11 ރިހި އަދި އަށް ލޯ މެޑަލްއާއެކުއެވެ.
ހަތަރުވަނައިގައި ގޭމްސް ހޯސްޓް ކުރާ ފްރާންސް އޮތް އިރު، ގްރޭޓް ބްރިޓަން އޮތީ ފަސްވަނައިގައެވެ.