މާލޭގެ ގެއަކަށް ވަދެ 26000 ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި
ސީއެންއެމް ނިއުސް ޓީމް
06 އޯގަސްޓް 2024 - 23:10:33
މިއަދުގެ ވަގުތެއްގައި މާލޭގެ އެޕާޓްމަންޓަކަށް ވަދެ ފޭރުނު 26،960 ރުފިޔާ ހޯދައި، އެކަމުގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ހުމަތު ގައި އަހަރުކުރީ މ.ދިންމަނަ، އަބްދުﷲ ތިލްމީޒު ކަމަށެވެ. އެއީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ. އަދި މިކަމެއް ހިނގިއިރު އެއްވެސް މީހަކަށް އަނިޔާވީ ކަމެއް ނުވަތަ ނުވާ ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.
ހަމައެކަނި ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް