މިއަދު ހެނދުނުގެ ވަގުތެއްގައު ބީއެމްއެލްގެ އިންޓާނެޓް ބޭކިންގައި މައްސަލަތަކެއް ދިމާވެ ހިދުމަތަށް ވަނީ ބުރު އަރާފަ އެވެ.
އެ ބޭނުންކުން އެއއިރު ބުނީ ދިމާވި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ބީއެމްއެލް އިން ވަނީ މައާފަށް އެދިފަ އެވެ.
މާލޭގައި ހުރި އެބޭންކުގެ އޭޓީއެމްތަކުންވެސް ފައިސާ ނެގުމުގައި އެއިރު މައްސަލަތަކެއް ކުރިމަތިވިއެވެ. މިދިޔަ ހަފްތާގައިވެސް ބީއެމްއެލް އެޕަށް މައްސަލަތަކެއް ދިމާވެ ތިން ގަޑިއިރަށް ހިދުމަތް އެއްކޮށް މެދު ކެނޑުނެވެ.