ނަޑާލް، ޔޫއެސް އޯޕަންގައި ނުކުޅެން ނިންމީ، 100 ޕަސެންޓް ނުދެވޭނެ ކަމަށް ބުނެއެވެ. އެހެންނަމަވެސް އެއީ އަނިޔާގެ ސަބަބުން ކަމެއް ނުވަތަ ފިޓްނަސް މައްސަލައަކުން ކަމެއް އޭނާ ބުނެފައެއް ނުވެއެވެ. 2019 ވަނަ އަހަރުގެ ފަހުން ޔޫއެސް އޯޕަންގައި ނަޑާލް ކުޅެފައިވަނީ އެންމެ ފަހަރަކުއެވެ.
ޔޫއެސް އޯޕަންގައި ނުކުޅެން ނަޑާލް ނިންމިއިރު، ޕެރިސް އޮލިމްޕިކް ސިންގަލްސްގައި ނޮވާކް ޖޮކޮވިޗް އަތުން ބަލިވެ، ކުއާޓާ އިން ނަޑާލްވަނީ ކަޓާފައެވެ.
ޔޫއެސް އޯޕަން ފެށޭނީ 19 އޮގަސްޓް ގައެވެ. އުމުރުން 38 އަހަރުގެ ނަޑާލް ކުޅުން ހުއްޓާލަންވެސް އަންނަނީ ވިސްނަމުންނެވެ.