ads
އެމްޑީޕީ
އާއިލާތައް ހާލުގައި ޖައްސާ ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވެއްޖެ
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ދިއުން ހުއްޓާލުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.
Advertisement

އިދިކޮޅު މައި ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގައުމުގެ މާލީ ހާލަތު ގޯސްވެފައިވާ މި ވަގުތު އެތަކެއް އާއިލާތަކެއްގެ އާމްދަނީ ހުއްޓުވާލައި އެ އާއިލާތައް ހާލުގައި ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އާދައިގެ މުވައްޒަފުން ކަނޑާލާއިރު މަތީ ފަންތީގެ މުވައްޒަފުންގެ އަދަދު އިތުރުވަމުންދާކަމަށްވެސް ބަޔާނުގައި އެޕާޓީން ބުންޏެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކަށްވެސް އެތައް ބަޔަކު ދަނީ އަދިވެސް އައްޔަނުކުރަމުން ކަމަށާއި އަދި ސިޔާސީ މަގާމުތަކުގެ އަދަދު ރައްޔިތުންނަށް ސިއްރުކޮށްފައިވީ ނަމަވެސް އެ އަދަދު މިހާރު 2،000 އާ ގާތްކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"މީގެ އިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކަށްވެސް އެތައް ބަޔަކު ދަނީ އަދިވެސް އައްޔަނުކުރަމުން. އަދި ސިޔާސީ މަގާމުތަކުގެ އަދަދު ރައްޔިތުންނަށް ސިއްރުކޮށްފައިވީ ނަމަވެސް އެ އަދަދު މިހާރު 2،000 އާ ގާތްކުރާނެ ކަމަށް ބެލެވޭ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

މީގެއިތުރުން ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިންގައި ރައްޔިތުންނަށް ވީ ވައުދުތަކަކީ ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކައި ހެދި ދޮގުތަކެއްކަން މިހާރު ސާބިތުވަމުންދާ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ވަނީ ވަޒީފާތަކުން ވަކިކުރަމުންދާ ފަރާތްތަކުގެ ހައްގުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމުގައި އެ ޕާޓީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށްވެސް ބުނެފަ އެވެ.

އެމްޑީޕީން މިފަދައިން ބުނެފައިވާއިރު ފެނަކައިން ވަނީ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ނަގާފައި ތިބި ވަގުތީ މުވައްޒަފުން ވަކިކުރަން ނިންމާފަ އެވެ.

ފެނަކައިން މީގެ ކުރިން ބުނި ގޮތުގައި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންނަކީ މާބޮޑު މަސައްކަތްތަކެއް ކުރަންޖެހޭ ބައެއް ނޫނެވެ. އެގޮތުން ކުންފުނީގެ ހަރަދު ކުޑަކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު މަދުކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް