އިންޑޮނޭޝިއާގެ ބަތަމްގައި މިހާރު ކުރިއަށްދާ 56 ވަނަ އޭސިއާ ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕް މުބާރާތުގައި ޝާހީން، ރިހި މެޑަލް ހޯދީ 60 ކިލޯ ކެޓަގަރީންނެވެ. މި ކެޓަގަރީން، އެއް ވަނަ ހޯދީ އިންޑިއާގެ ތަންގަދުރާޖް ޖަޔަޕްރަކާޝް އެވެ.
މިއީ، އޭސިއާ މުބާރާތަކުން ޝާހީން އަށް ލިބުނު ދެ ވަނަ މެޑަލް އެވެ. މީގެ ކުރިން ޝާހީން ވަނީ، 2017 ވަނަ އަހަރުގެ އޭސިއާ ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދައިފަ އެވެ.
ޝާހީން ވަނީ 2014 ވަނަ އަހަރު މަކާއޫގައި ބޭއްވި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުގެ 160 ސެންޓިމީޓަރު ފިޓްނަސް ކެޓަގަރީން ލޯ މެޑަލް ހޯދައިފަ އެވެ.