މި ހާސިސާގައި ހިނގައިފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މިގޭގައި ރޯވި އަލިފާންގަނޑު ނިއްވާލީ ސިފައިންނާއި އާއްމުން ގުޅިގެން ކުރި މަސައްކަތުންނެވެ.
ނޭޝަނަލް ޑިސާޒްޓާ މެނޭޖްމަންޓް އޮތީރިޓީން އާއްމުކުރި ވިޑިއޯތަކުން ފެންނަ ގޮތުގައި އެގޭގައި ވަރަށް ބޮޑަށް އަލިފާން ވަނީ ހިފާފައެވެ.
އެމްޑީއެމްއިން ބުނީ އަލިފާނުގެ ހާދިސާގައި އެ ގޭގައި ދިރިނޫޅެވޭ ވަރަށް އެތަނަށް ގެއްލުން ލިބިފައިވާކަމަށެވެ. އަދި ހާލުގައި ޖެހުނު ފަރާތަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކައުންސިލް އާއި ގުޅިގެން ކުރަމުން އަންނަކަަމަށް އެންޑީއެމުން ބުނެއެވެ.