އޭޝިއާ ބޮޑީބިލްޑިން އެންޑް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕް މުބާރާތް އޮތީ އިންޑޮނޭޝިއާގެވެ. ފިރިހެނުންގެ ސްޕޯޓްސް ފީޒީކް އަޕްޓް 170 ސެންޓްމީޓަރުގެ ކެޓަގަރީން، މިފަހަރު ރަން މެޑަލް ހޯދުމާ އެކު އޭނާ ވެފައި ވަނީ އެ ކެޓަގަރީން ވިދިވިދިގެން ރަން މެޑަލް ހޯދި ދިވެހި ފުރަތަމަ އެތުލީޓަށެވެ.
އަޒްނީން މި ހޯދީ މި ފަހަރުގެ އޭޝިއާ މުބާރާތުގައި ރާއްޖެ އަށް ލިބުނު ދެ ވަނަ މެޑަލް އެވެ. އިއްޔެ، ރާއްޖޭގެ ޝާހީން އިބްރާހިމް ދީދީ (ޝާންޓެ) ވަނީ މި މުބާރާތުގެ 60 ކިލޯ ކެޓަގަރީން ރިހި މެޑަލެއް ހޯދައިފަ އެވެ.
އެންމެ ފަހުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި އަޒްނީން އެވެ.