އޭޝިއަން ބޮޑީބިލްޑިން ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އޮތީ އިންޑޮނޭޝިއާގައެވެ. އެތުލެޓިކް ފިޒީކް 175 ސެންޓިމީޓަރުގައި ކެޓަގަރީން އަހްސަން ރަން މެޑަލް ހޯދީ ވިއެޓްނާމްގެ ދެ އެތުލީޓުންނާ ވާދަކޮށެވެ.
މިއީ މި ފަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕްގައި ރާއްޖޭން ހޯދި ދެ ވަނަ ރަން މެޑަލް އެވެ.ރާއްޖޭގެ އަޒްނީން ރަޝާދު ވެސް ވަނީ ސްޕޯޓްސް ފީޒީކް އަޕްޓް 170 ސެންޓްމީޓަރުން ރަން މެޑަލް ހޯދައިފަ އެވެ.