ވަޒީރު ހައިދަރާއި ސުވާލުކުރުމަށް ހުށައަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
މި ސުވާލުކުރުމަށް ފުރަތަމަ ތާވަލުކުރީ މިދިޔަ ހޯމަދުވަހުގެ ޖަލްސާއަށެވެ. އެހެންނަމަވެސް ޖަލްސާ ފެށެބް ވަރަށް ކައިރިވެފައިވަނިކޮށް އާއިލީ ކަމެއް ދިމށާވިކަމަށްް އަންގާ ވަޒީރު ހައިދަރު މަޖިލީހަށް ހާޒިރުވެޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް އެދުވަހުގެ 9 ޖެހިއިރު އޮފީހަށް ހާޒުވެޑައިގެން އެދުވަހު މަސައްކަތުގައި އުޅުއްވިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ވަނީ ތިން ސުވާލެއް ވަޒީރާއި ސުވާލުކުރުމަށް ހުށައަޅާފައެވެ.
ވަޒީރާއި ކުރަން ހުށައެޅި ސުވާލުތައް
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު އަންނަ އޮކްޓޫބަރު މަހު އާންމު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ވަނީ ދާދި ފަހުން ވިދާޅުވައެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވީ 32 ފްލެޓްގެ ތެރެއިން ހަ ފްލެޓްގެ މަސައްކަތް އޮކްޓޫބަރަށް ނިމޭނެކަމަށެވެ. އަދި އެހާތަނަށް ރިވިއުކުރާ ލިސްޓު ނިންމާ އާއްމުކުރާނެކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ.