ads
ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
މަޝްރޫއުތައް ހިންގަން ކައުންސިލުތަކުން ބިން ވަކިކުރެވޭ ބިލު ކޮމިޓީން ފާސްކޮށްފި
ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުންވާ ބިން ކަައުންސިިލްގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފި އެވެ.
Advertisement

މި ބިލް މަޖިލިހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުމަކުން، ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަޒުކަޒީ ގާނޫނު ބަދަލުކުރަން ހުށަހެޅުއްވި އެ ބިލަށް ރޭގެ ބައްދަލުވުމުގައި ދެތިން އިސްލާހެއް ހުށަހެޅި އެވެ. އަދި ކޮމިޓީގައި ބިލް ފާސްކުރީ ރޭ ހުށަހެޅި އިސްލާހަކާ ވެސް އެކުގަ އެވެ.

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅި އެ އިސްލާހުގައި އޮތީ ކައުންސިލުން ވަކިކުރާ ބިމުގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާނަމަ، ފިނޭންސް މިނިސްޓްރީން ހުށަހަޅާ އެކަށީގެންވާ  ބަދަލެއް ދޭންޖެހޭ ގޮތަށެވެ. 

ކޮމިޓީން އެ އިސްލާހާއެކު އެ ބިލް ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. 

މި ބިލު ހުށަހެޅުއްވި، ޢަބްދުލްޙައްނާން މީގެ ކުރިން ވިދާޅުވެފައިވަނީ، މި ބިލުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;