ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ފަސްވަނަ ބުރުގެ ބައިވެރިންނަށް ސަނަދު ދޭން މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިއަދު އެ ހުއްދަ ވަނީ 91 ކުއްޖަކަށް ދީފައެވެ. އެއާއެކު ޖުމްލަ 296 ދަރިވަރުން ވަނީ ތަމްރީންކޮށްފަ އެވެ.
އެގޮތުން ޒުވާން ހަތީބުން ތަމްރީންކުރުމުގެ ފުރަތަމަ ބުރުގައި މާލެއިން ވަނީ 75 ދަރިވަރުން ތަމްރީންކޮށްފަ އެވެ. ދެވަނަ ބުރުގައި 177 ދަރިވަރުން ތަމްރީން ކުރިއިރު ތިންވަނަ ބުރުގައި ވަނީ އައްޑޫއިން 18 ދަރިވަރުން ތަމްރީންކޮށްފަ އެވެ. އަދި ހަތަރުވަނަ ބުރުގައި އދ. މާމިލިގިން ވަނީ 26 ދަރިވަރުން ތަމްރީންކޮށްފަ އެވެ.
ރާއްޖޭގައި ހުކުރު ކުރާ ހަތީބުން ތަމްރީނުކުރުމުގެ ފަސް ވަނަ ޕްރޮގްރާމް ނިންމައި، ދަރިވަރުން ގްރެޖުއޭޓްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވަނީ ރާއްޖޭގެ އިސްލާމީ ތައުލީމަށް ތައުރީފް ކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ އިމާމް ކަމަކީ ހަމައެކަނި އިމާކް ކޯހެއް ހެދުން ނޫންކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކިޔަވައިދޭ އިސްލާމް ފޮތުގެ މުގައްރަރަކީ ވަރަށް ގިނަ މައުލޫމާތު އެކުލެވިގެންވާ ފޮތެއް ކަމަށެވެ. އަދި ވިދާޅުވީ އިމާމުކަމަކީ އެކަމަށް ހާއްސަ ކޯހެއް ހަދައިގެން ކުރެވޭ ގޮތަށް ހަނިކޮށްފައި އޮންނަ ކަމަކަށް ވާކަށް ނުޖެހެ އެވެ.
ޒުވާން ހަތީބުން ތަމްރީންކުރުމުގެ ޕްރޮގްރާމަކީ ގްރޭޑް 10 އާއި ގްރޭޑް 11 އަދި ގްރޭޑް 12 ގައި އުޅޭ ކުދިންގެ އިތުރުން ސްކޫލު ނިމިފައިވާ ޒުވާން ކުދިންނަށް ހާއްސަ ޕްރޮގްރާމެކެވެ. ސަރުކާރުން އަމާޒު ހިފާފައި ވަނީ މި ދައުރުގެ ތެރޭގައި 1،000 ހަތީބުން ތަމްރީނު ކުރުމަށެވެ.
މިނިސްޓަރު ޝަހީމް ވަނީ ލިބޭ ނިއުމަތާއި އުފަލާއި ހިތްހަމަޖެހުމަކީ އަބަދުވެސް އެކަމުގައި މައިންބަފައިން ޝާމިލްކުރަން ޖެހޭނެ ކަމެއް ކަމަށާއި ކާމިޔާބު ލިބުމުގައި މައިންބަފައިންގެ ބުރަ މަސައްކަތާއި ހެޔޮ ނަސޭހަތް ޝާމިލް ކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;