ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕް އައްޑޫގައި
ސްޕޯޓްސް ޓީމް
12 އޯގަސްޓް 2024 - 10:35:45
ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، މި އަހަރު އައްޑޫ ސިޓީގައި ބާއްވަން ނިންމައިފިއެވެ.
15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، ބާއްވަން ނިންމާފައިވަނީ އައްޑޫ ސިޓީ ކެނަރީފް ރިސޯޓްގައެވެ. މި މުބާރާތް އޮންނާނީ ނޮވެމްބަރު މަހު ކުރީކޮޅުއެވެ.
ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ވެސް މިދިޔަ އަހަރާއި މި އަހަރު ރާއްޖޭގައި ވަނީ ހޯސްޓްކޮށްފަ އެވެ. 2022 ވަނަ އަހަރު ކ. މާފުށީގައި ވަނީ އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ވެސް ބާއްވައިފަ އެވެ. އަދި 2001 ވަނަ އަހަރު ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ބަނޑޮހުގައި ބޭއްވި އެވެ.
މީގެ ކުރިންވެސް، އައްޑޫ ސިޓީގައި ބޮޑެތި ކުޅިވަރުގެ ބައެއް އިވެންޓްތައް ބޭއްވިއެވެ. 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތަކާއި 2019 ވަނަ އަހަރު ސާކް ސަރަހައްދުގެ ގައުމުގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް ވަނީ އައްޑޫ ސިޓީގައި ބާއްވައިފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް