ads
އާސަންދަ އަދި އެންސްޕާގެ ވެރިން މަޖލީހުގެ އިޖުތިމާއީ ކޮމެޓީގައި
ޕްރައިވެޓް ހޮސްޕިޓަލްތަކަށް އާސަންދަ ޕެކޭޖްތަކެއް ހަދަނީ
ޕްރައިވެޓް ހޮސްޕިޓަލްތަކައި ކްލިނިކްތަކުން ދޭ ހިދުމަތްތަކުގެ އަގު ބޮޑުކަމުން އެކަން ހައްލުކުރުމަށް ޕެކޭޖްތަކެއް ހަދާ އޭގެތެރެއިން އާސަންދަ ލިބޭގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އާސަންދަގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
Advertisement

އޭނާ މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިޖިތިމާއި ކޮމެޓީގައި އެ ކޮމެޓީގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

ޒީނިޔާ ވިދާޅުވީ އަމިއްލަ ހޮސްޕިޓަލްތަކާއި ކުލިނިކްތަކުން ހިދުމަތްތަކަށް ހިތު ހުރި އަގެއް ބިލުކުރުމުގެ ޝަކުވާތައް ލިބެމުން އަންނަކަމަށެވެ. އެގޮތުން އެކަން ބޮޑުވުން ދައުލަތުގެ މާލީ ވަޒީރުވެސް ހިއްސާކުރެއްވިކަން ޒީނިޔާ ފާހަގަކުރެއްވިއެވެ. ޒީނިޔާ ވިދާޅުވީ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފަަހުގެ ބިލް އަންނައިރު ބޮޑުވާތީ އެކަން ހައްލުކުރުމަށް  މާލީ ވަޒީރުގެ ޝަފީގުގެ ލަފާފުޅާއި އެކު މަސައްކަތް ކުރަމުން އަންނަކަމަށެވެ.

" ޕްރައިވެޓް ސެކްޓާގައި ބޮޑުކޮށް މި ހުރީ ދެ ހޮސްޕިޓަލް. ޓްރީޓޮޕާއި އޭޑީކޭ. ފުދޭ ވަރަކަށް އަގު ބޮޑު އެ ތަންތަނުން. އަޅުގަނޑުމެންނަށް ދީފައި ހުންނަ ޕްރޮސީޖާ ކޮސްޓަކީ އެހާ ބޮޑު އަގެއް ނޫން. އެކަމަކު ލައިން އައިޓަމުން ފައިނަލް ބިލް އަންނައިރު ފައިނަލް ބިލް ބޮޑުވެގެން މިދަނީ. " ޒިނިޔާ ވިދާޅުވިއެވެ.

ޒީނިޔާ ވިދާޅުވީ ސަރުކާރު ހޮސްޕިޓަލްތައް ދޫކޮށް މީހުން އަމިއްލަ ހޮސްޕިޓަލްތަކަށް ދަނީ ކިއު ދިގުވެ ހިދުމަތް ލިބުން ލަސްވާތީކަމަށެވެ. އެހެންކަމުން އަމިއްލަ ހޮސްޕިޓަލްތަކުގެ އަގުތައް ކަނޑައެޅުމަށް ޕެކޭޖްތަކެއް ހަދަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭރުން އެއްބަސްވާ އަގަކަށް ނޫނީ އެ ހިދުމަތް ނުދެވޭނެކަަން ޒީނިޔާ ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މި ދަނީ ފެކޭޖް ޕްރައިސްތަކެއް ހަދަން. ޕެކޭޖް ޕްރައިސް ހަދާފައި އަޅުގަނޑުމެންނަށް އެއްބަސްވާ އަގަކަށް ނޫނީ އެ މީހުންނަށް އެކަން ނުވާ ގޮތަށް." ޒީނިޔާ ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖެއިން ބޭރުން އާސަންދަ ދޭ ތަންތަނުގެ އަގުތައް ބޮޑުކަމުން އެ އަގުތައް ހެޔޮކުރުމަށް އެ ހޮސްޕިޓަލްތަކާއި ވާހަކަ ދައްކަމުން ދާކަމަށްވެސް ޒީނިޔާ ވިދާޅުވިއެވެ. 

your imageރައްޔިތުން މަޖިލީހުގެ އިޖިތިމާއީ ކޮމެޓީގެ މެމްބަރުން 

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 1.6 ބިލިއަން ރުފިޔާ އާސަންދައިން ހޭދަކޮށްފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. .އާސަންދައިން ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓާގައި 823 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ފުރަތަމަ ކުޢާޓާގައި މިއަދަދު ހުރީ 838 މިލިއަންގައެވެ. 

އާސަންދައިން ބުނީ އަހަރުގެ ދެވަނަ ކުއާޓާއި އެ ސްކީމުން 265،059 މީހުން ހިދުމަތް ހޯދާފައިވާކަމަށެވެ. އަދި ދެވަނަ ކުޢާޓާގައި އިމެޖެންސީގައި ބަލި މީހުން އުފުލި އަދަދަކީ 1232 ކަމަށެވެ. ދެވަނަ ކުއާޓާގައި އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރު ބޭސް ފަރުވާކުރި މީހުންގެ އަދަދު 2807 އަރާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް