ads
ރައީސް މުއިއްޒު
ގެއްލުންވާ ފަރާތްތަކަށް އެހީތެރިކަންދޭނެކަމުގެ ޔަގީންކަން އަރުވަން: ރައީސް
މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިެއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މިހާރު ކުރަމުންދާ ވިއްސާރާގައި މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތައް އަންނަނީ ހިގަމުންނެވެ. 

ވެރިރަށް މާލެއަށްވެސް މެންދުރުން ފެށިގެން ހުއްޓާ ނުލާ ވާރޭ ވެހެމުންނެވެ

ރާއްޖެއަށް ކުރަމުންދާ ވިއްސާރާއާއި ގުޅިގެން ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށެވެ. 

މިފަދަ ގަދަ ވިއްސާރާގައި ޢާއްމު ދިރިއުޅުމަށާއި ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް އެންމެހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރެވި ނަތީޖާ ނެރެދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން  މިގޮތުން، މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެންް ބޮޑުވުން ހައްލުކުރުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

" އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ފެެންބޮޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ. ހަމަ އެފަދައިން ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވުމުން އެ ރަށްރަށުގައިވެސް އެ ޙައްލު ލިބިގެންދާނެ." ރައީސް މުއިއްޒު އެކްސްގައި ކުރެެއްވި ޕޯސްޓްގައިވެއެވެ.

your imageމިހށާރު ކުރަމުންދާ ވިއްސާރާގައި މާލޭގައި ފެންބޮޑުވުމުން ފުލުހުން މަގުތަކަށް ނުކުމެ އެހީތެރިކަން ފޯރުކޮށްދެނީ 


ބޯކޮށް ވާރޭވެހި ފެންބޮޑުވާނެތީ ސަމާލުވުމަށް އަންގާ މުސޫމާއި ބެހޭ ގައުމީ އިދާރާއިން އޮރެންޖު އެލާޓް ވެސް ވަނީ ނެރެފައެވެ. 

އެ އިދާރާއިން މި އެލާޓް ނެރެފައިވަނީ މާލެ އަތޮޅުން ފެށިގެން އދ އަތޮޅާއި ހަމައަަށެވެ. މި އެލާޓް ނެރެފައިވަނީ މެންދުރު 14:15 އިން އިރުއޮއްސި 18:15 އާއި ހަމައަށެވެ. 

މެޓް އޮފީހުން ބުނީ މާލެ އަތޮޅުން ފެށިގެން އދ އަތޮޅާއި ދެމެދުގައިވާ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި ފެންބޮޑުވާނެކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ. 

ވެރިރަށް މާލެއަށްވެސް މިއަދު 11:30 ކަންހާއިރުން ފެށިގެން ހުއްޓާ ނުލާ ބޯކޮށް އަންނަނީ ވާރޭ ވެހެމެމުންނެވެ. އަދި މާލޭގެ މަގުތަކުގައި ފެންބޮޑުވުން ސިފައިންނާއި ފުލުހުން ނިކުމެ އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް