މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން ފާހަގަކުރައްވިކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ރައީސް މުއިއްޒު ވަނީ ސްރީލަންކާގެ ރިޔާސީ އިންތިހާބު ސުލްހަވެރިކަމާއެކު ކުރިޔަށްދިއުމަށް އެދިވަޑައިގެން އެއީ ސްރީލަންކާގެ ތަރައްޤީއާ ފާގަތިކަމަށް ވެސް ބާރުއެޅިގެންދާނެކަމެއްކަމަށް ވިދާޅުވިކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
ލަންކާގެ ގާނޫ ހަދާ މަޖިލީހުގެ ރަޢީސް ރާއްޖެ ވަޑައިގެން އުޅުއްވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދައުވަތަކަށެވެ. މި ދަތުރުގައި ލަންކާގެ ގާނޫނު ހަދާ މަޖލީހުގެ ނައިބު ރައީސް އަޖިން ނިޝަންތާ ރާޖަޕަކެސްގެ އިތުރުން އެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެޑައި ގަންނަވައެވެ.
މި ދަތުރުފުޅުގައި އަބޭވަރްދަނާ އިއްޔެ ވަނީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.
ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 26 ޖުލައި 1965ގައެވެ.