ads
ޝަމީމު ވަކިކުރަން ޖަވާބުދާރީވާން ނޯޓިސް މިއަދު ފޮނުވަނީ
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަގައި ޖަވާބުދާރީވާން އޭނާއަށް ނޯޓިސް ފޮނުވަން އެ މައްސަލަ ދިރާސާކުރާ ޖުޑީޝަރީ ކޮމިޓީއަށް ނިންމައިފިއެވެ.
Advertisement

ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވީ މިއަދުގެ ޖަލްސާގައެވެ. އެއާއި އެކު ކޮމެޓީން ވަނީ އެ މަސައްކަތް ފަށާފައެވެ. 

ޝަމީމަށް ޖަވާބު ދާރޫވާން ދުރުސަތުޔު އޮތްކަމަށް އެންގުމަަށް ކޮމެޓީއަށް ހުށައެޅި ޕީޖީ ކަމުން ޝަމީމު ވަކުކުރަންވެސް ހުށައެޅުއްވި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މި ހުށަޢެޅުން ކިމެޓީން ފާސްކޮށް ކޮމެޓީން ނިންމީ ޖަވާބުދާރީވުމަށް ފަސްދުވަހުގެ ނޯޓިސްއެއް ފޮނުވުމަށެވެ. އަދި އެ ނޯޓުން މިއަދު މަޖިލީހުން ބޭރުކުރާނެކަމަށް ކޮމިޓީގެ މުގައްރިރު އަދި މަަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވިއެވެ.

ޝަމީމް ވަކި ކުރުމަށް ހުށަހަޅާފައިވާ އެއް ސަބަބަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ދައުވާގެ މައްސަލައާއި ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްސަލަ ފައިލް ކުރުމެވެ.  

އޭގެ އިތުރުން، "ސަފާރީ ރޭޕް ކޭސް" ގެ މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމި ނިންމުމާއި، ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ދައުވާކުރި މައްސަލަ އަނބުރާ ގެނައިކަންވެސް ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން، ބަނގުރާ ބުއިމާ ގުޅޭ ގިނަ މައްސަލަތަކެއްވެސް އަނބުރާ ގެނެސްފައިވާ ކަމަށާއި، ޝަމީމް ބަނގުރާފުޅިއެއްގެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކުރިކަންވެސް ފާހަގަކޮށްފައިވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް