ads
ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް
އާސަންދައިން ކްލިނިތަކުން ހިންގަނީ މިލިއަންގެ ސްކޭމެއް: ނާޒިމް
އާސަންދަ ސްކީމުން އެތައް މިލިއަން ރުފިޔާއެއް ނަގައިގެން ކްލިނިކްތަކުން ހިންގަނީ ބޮޑު ސްކޭމެއްކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުން މަޖލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އާސަންދަ ނިޒާމުގެ ތެރެއިން އަމިއްލަ ކްލިނިކްތަކަށް ސަރުކާރުން އެތައް މިލިއަން ޑޮލަރެއް ދައްކަން ޖެހިފައިވާ ކަމަށެވެ. 

އެގޮތުން ލޮލުގެ ފަރުވާކުރާ ބޭރުގެ ހޮސްޕިޓަލަކަށް އެކަނަިވެސް ދެ މިލިއަނަށްވުރެ ގިނ ޑޮލަރު ދައްކަން އޮތްކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އާސަންދަ އިން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ މިހާތަނަށް ކޮށްފައި ހުރި ތަފުސީލްތަކަށް ބަލާއިރު ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ. 

ނާޒިމް ތުހުމަތުކުރެއްވީ ކްލިނިކްތަކުން އާސަންދަ ސްކީމްގެ ނާޖައިޒު ފައިދާ ނަގާ މިލިއަން ފައިދާ ލިބޭ ސްކޭމެތައް ހިންގަމުންދާކަމަށެވެ. 

" ރާއްޖޭގެ ކްލިނިކްތަކާއި ރާއްޖެ އިން ބޭރުގެ ހޮސްޕިޓަލްތަކުގެ ސްޕަޝަލިސްޓުން ގުޅިގެން ހިންގާ ސްކޭމްއެކޭ ދެންނެވޭ ވަރަށް ލިޔެކިޔުމުން ފެންނަން އެބަހުރި" ކޮމެޓީގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ޑރ ޑރ. މުހައްމަދު ޝަފީގު ހާޒިރުވެ އިންނެވި މިއަދުގެ މާލިއްޔަތު ކޮމެޓީގައި ނާޒިމް ވިދާޅުވީ އެ ކޮމިޓީގެ މެންބަރުން މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރަނީ ދައުލަތުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅަން ފަށާނެ ވަގުތަކަށްކަމަށެވެ.

އާސަންދައިން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އެ ކުންފުނީގެ ހިސާބުތަކުން ދައްކައެވެ.

އާސަންދައިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓާގައި 823 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ފުރަތަމަ ކުޢާޓާގައި މިއަދަދު ހުރީ 838 މިލިއަންގައެވެ. 

އާސަންދައިން ބުނީ އަހަރުގެ ދެވަނަ ކުއާޓާއި އެ ސްކީމުން 265،059 މީހުން ހިދުމަތް ހޯދާފައިވާކަމަށެވެ. އަދި ދެވަނަ ކުޢާޓާގައި އިމެޖެންސީގައި ބަލި މީހުން އުފުލި އަދަދަކީ 1232 ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް