އެ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށުުގެން ތ އަތަޅަށެވެ. މެޓް އޮފީހުން އެ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށެވެ. ގަޑިއަކު 25 މޭލާއާ 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑޫގައި 50 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ ރާޅުގެ ބާނި ބޮޑުވެ ރާޅުގެ އުސްމިން ހުރީ 8 –11 ފޫޓާއި ދެމެދުގައިކަމަށެވެ. އެހެންކަމުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގިނަ ރަށްތަކެއްގައި ފެންބޮޑު ބައެއް މީހުންގެ މުދަލަށް ވަނީ ގެއްލުން ލިބިފައެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ ވިއްސާރާގައި ލިބުނު ގެއްލުންތަކުގެ އެސެސްމެޓްތައް އެ އިދާރާއިން ހަދަމުން އަންނަކަމަށެވެ.