އެއީ ކޮން މައްސަލައެއްގައި ހައްޔަރު ކުރި މީހެއްކަން އެނގިފައި ނުވި ނަމަވެސް، ފުލުހުން އެމީހާއަށް އަނިޔާ ކުރުމުގެ ތެރޭގައި އަނިޔާ ކުރި ކަމަށް ބުނެ އެރަށުގެ ބައެއް ފަރާތްތަކުން ވަނީ އެރަށު ޕޮލިސް ސްޓޭޝަނަށް ކައިރިއަށް އެއްވެ އަޑު އުފުލާފަ އެވެ.
މިކަމާ ގުޅިގެން ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ، އެ ރަށުގައި ފުލުހުން މީހަކަށް އަނިޔާކުރިކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާކަމަށެވެ.
އަދި އެ ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މީހުން ހައްޔަރުކުރުމުގެ ތެރެއިން އަނިޔާކުރުމުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެ އެވެ. އަދި މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ތަހުގީގު ކުރެ އެވެ. ހާއްސަކޮށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސްގެ ނަމުގައި އުފައްދާފައިވާ ޔުނިޓުން ނެވެ.