ads
އެމްޕޮކްސް ޖެހިފައިވާ މީހަކަށް ފަރުވާ ދެނީ
އެމްޕޮކްސްއަށް ރާއްޖޭގެ ސިއްހީ އިދާރާތައް އޮތީ ތައްޔާރީ ހާލަތުގައި
ހަލުވިކަމާއިއެކު ފެތުރެމުންދާ އެމްޕޮކްސް ބައްޔަށް ރާއްޖޭގެ ސިއްހީ އިދާރާ އޮތީ ތައްޔާރީ ހާލަތުގައިކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
Advertisement

އެފުރިކާގައި އެމްޕޮކްސް ހަލުއިކަމާއެކު ފެތުރެމުންދާތީ، އެ ބަލީގެ ސަބަބުން ދުނިޔެއަށް ނުރައްކަލެއް އޮތްކަމަށް ފެންނާތީ މިމަހުގެ 14 ވަނަ ދުވަހު އާންމު ސިއްހަތުގެ ކުއްލި ނުރައްކާ ވަނީ އިއުލާނުކޮށްފަ އެވެ.

މިކަމާ ގުޅިގެން އެ އެޖެންސީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ މަކުނު ވިދުރިއަކީ، ބައިނަލްއަގްވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ ބައްޔެއް ކަމަށް މި މަހުގެ 14ވަނަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ވާކަމަށެވެ.

"އަދި މި ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުމާއި ސާވެއިލެންސް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން،" އެޗްޕީއޭ އިން ބުންޏެވެ.


އެޗްޕީއޭއިން ބުނި ގޮތުގައި މިވަގުތު ހަލުވިކަމާއެކު ބަލި ފެތުރެމުންދަނީ ކޮންގޯ އަދި އެފްރިކާގެ ބައެއް ގައުމުތަކުގަ އެވެ. 2022 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 116 ގައުމަކުން މި ބަލީގައި 99،000 އަށްވުރެ ގިނަ ކޭސް ވަނީ ފެނިފަ އެވެ.

އިއްޔެ ހެލްތް މިނިސްޓްރީގައި ކުރިއަށްގެންދިޔަ އެމްޕޮކްސް އާ ގުޅޭ މައުލޫމާތުދޭ ސެޝަންގައި އެ މިނިސްޓްރީން ބުނީ ހެލްތް އެމާޖެންސީ ޕްލޭންއެއްގެ ދަށުން، އެމާޖެންސީ ސެންޓްރުތައް އެކްޓިވޭޓް ކުރެވި ސްޓޭކް ހޯލްޑާސްއާ ގުޅިގެން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިވަގުތު ކުރަމުންދާކަމަށެވެ. ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އަދި ޓީވީގެ އިތުރުން އާންމުންނަށް ރަނގަޅު ނިޒާމެއްގެ ދަށުން މައުލޫމާުތު ފޯރުކޯށްދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން ދާކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެ އެވެ. 

އެމްޕޮކްސް ބައްޔަށް "އިންފޯމޭޝަން އެންޑް ހެލްތް ކެއާ ޕްރޮފެޝަނަލް ޓްރެއިންނިން އެވެއާނަސް" ސެޝަންތަކެއް މާލޭ ސަރަހައްދުން، އަތޮޅު ތެރޭގައި އަދި ރިސޯތްތަކިގައިވެސް ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާކަމަށް ހެލްތް މިނިސްތްރީން ބުނެއެވެ.

ބައްޔަށް ޓެސްޓް ކުރުމަށް ބޭނުންވާ ކޮންސިއުމަބަލްސްއާ، މެޑިކޭޝން އަދި ވެކްސިން ހޯދުނުމުގެ މަސައްކަތް އައިޖީއެމްއެޗް އިން ޑަބްލިއުއެޗްއޯއާ ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ. 

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކުރިއަށް ގެންދިޔަ ރިސްކް އެސެސްމަންޓްގެ ނަތީޖާ ދައްކުވައިދެނީ ރާއްޖޭގައި ބަލި ޖެހޭނެ މިންވަރަކީ "ލޯ ޓު މޮޑެރޭޓް" ކަމަށްވީނަމަވެސް ހެލްތް މިނިސްޓަރު ހަލީލްގެ ލަފާފުޅުގެ މަތިން ދުރާލާ ތައްޔާރުވެ އަންނާނެ އެންމެ ބޮޑު ނުރައްކަލަކަށްވެސް ތައްޔާރުވާން މަސައްކަތްކުރަމުންދާކަމަށް މިނިސްޓްރީން ބުނެއެވެ.

އެމްޕޮކްސްގެ ޓްރިތްމަންޓްއަށް ބަލާއިރުގައި އެ ބަލީގަިއ ބޮޑަށް ދެނީ ސަޕޯޓީވް ޓްރީޓްމަންޓް ކަމަށްވާއިރު އެމީހެއްގެ ފަރާތުން ފެންނަ އަލާމާތްތަަކަށް ބަލުމަށްފަހު ޓްރީޓްމަންޓް ދެވިގެންދާނެކަމަށް މިނިސްތްރީން ބުނެއެވެ.

"ބައެއް ގައުމުތަކުގައި އެމްޕޮކްސްއަށް ފަރުވާދޭން އެންޓިވައިރަކސް ބޭނުންކުރޭ އެކަމަކު އެންޓިވައިރަލްސްއަކީ ދުނިޔޭގައިވެސް ގްލޯބަލީ ވިއްލާ ބޭހެއް ނޫން، މަސައްކަތް މިކުރަނީ ލިބޭތޯ ނަމަވެސް އަދި ލިބޭނެ ކަމުގެ އަދި އެއްވެސް ގެރެންޓީއެއްނެތް، ހެލްތް މިނިސްޓްރީގެ ފަރާތުން މިދަނީ ޑަބްލިއުއެޗްއޯ އާ މަސައްކަތްކުރަމުން އެ ބޭސްހޯދުމަށް" ހެލްތް މިނިސްޓްރީން ބުންޏެވެ.

މި ބައްޔަކީ ވަކި ހާއްސަ ފަރުވާއެއް ހޯދިފައި ނެތް ބައްޔެކެވެ. އެހެންކަމުން، ބަލި ޖެހިފައިވާ މީހާގެ ފަރާތުން ފެންނަ އަލާމާތްތަކަށް ބަލައި، ފޯރުކޮށްދެވެނީ ސަޕޯޓިވް ފަރުވާ އެކެވެ.

ބޭސް ލިބުނުކަމުގައިވިޔަސް، ބޭސް ލިބޭނީ ވަރަށް ލިމިޓެޑް ސްޓޮކްއެއް ކަމުން، ޕޮސިޓިވް ވާ ކޮންމެ މީހަކަށް ބޭސް ލިބު ކަމުގައި ވިޔަސް ނުދެވިދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އެހެންނަމަވެސް ޕޮސިޓިވް ވެފައި އޭނާގެ އިތުރު މެޑިކަލް ކޮންޑިޝަންތަކެއް ހުރެ ދިފާއި ނިޒާމް ބަލިކަށިވަނޏާ އެކަހަލަ ކޭސާސްތައް ބަލާފައި ވެރިފައިކޮށްފައި ކުރަން ޖެހޭ އެނަލައިސިސް ހަދާ ބޭސް ދިނުމުގެ ޕްރޮސެސްވެސް ކުރިއަށް ގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.

ސީދާ އެމްޕޮކްސްއަށް އަށް ވެކްސިންއެއް ހެދިފައެއް އަދި ނެތް ނަމަމަވެސް ސްމޯލް ޕޮކްސްގައި ޑަބްލިއުއެޗްއޯއިން ބޭނުން ކުރަމުން ދިޔަ ވެކްސިން، ބައެއް ގައުމުތަކުގައި ބޭނުން ކުރެއެވެ.

ހެލްތް މިނިސްޓްރީން ބުނީ ޖަމިއްޔާތަކާ ގުޅިގެން ޑަބްލިއުއެޗްއޯއިން ވަނީ އެމްޕޮކްސްއަށް ހާއަސަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށަފައި ކަމަށެވެ. އެންޓިވައިރަލް ބޭހާ އެއްގޮތަށް ސްމޯލްޕޮކްސް ވެކްސިންއަކީ ވަރަށް ލިބުމަށް ދަތިވެކްސިނެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

"މިވެކްސިން ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިވަނީ ފަށާފައި، ވެކްސިން ލިބުނުކަމުގައި ވިޔަސް ސްތްރިކްޓް ކްރައިޓީރިއާއެއް ފޮލޯކޮށްގެން ވަކިބަޔަކަށް ވެކްސިން ދޭނީ" ހެލްތް މިނިސްޓްރީން ބުނެއެވެ.

ޑަބްލިޔުއެޗްއޯ އިން ދަނީ ވެކްސިން ހަދިޔާ ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ގައުމުތަކާއި ވެކްސިން އުފައްދާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އަދި އަދި ވެކްސިން، ތެރަޕީޓިކްސް، ޑައިގްނޯސްޓިކްސް އަދި އެހެނިހެން ވަސީލަތްތައް ހަމަހަމަ ގޮތެއްގައި ލިބޭނެ ގޮތް ހެދުމަށް އިންޓަރިމް މެޑިކަލް ކައުންޓަ މެޝާސް ނެޓްވޯކް މެދުވެރިކޮށް ޕާޓްނަރުންނާ ކޯޑިނޭޓް ކުރަމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ދުނިޔޭގެ ގައުމުތަކުގައި މި ބަލި ފެތުރެމުންދާތީ އެޗްޕީއޭއިން ދަނީ ބަލީގެ ހާލަތު މޮނިޓާކޮށް މި ބައްޔާ ގުޅިގެން ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އަދި ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ބަލައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމާއި ބައްޔަށް ޓެސްޓުކުރުމާއި އެކަމާގުޅިގެން ވާންޖެހޭ ތައްޔާރީތައް ވަމުން ދާކަމަށް އެޗްޕީެއޭއިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް