އިމްރާން މިހެން ވިދާޅުވީ އަދާލަތު ޕާޓީގެ 19 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
އިމްރާން ވަނީ އަދާލަތު ޕާޓީގެ އަހަރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެ ޕާޓީގެ އެންމެހައި މެންބަރުންނަށް އަރިސް ކުރައްވައިފަ އެވެ.
އަދާލަތު ޕާޓީގެ 19 ވަނަ އަހަރީ ދުވަހާއި ގުޅިގެން މޯލްޑިވްސް ޑިމޮކުރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ އެ ޕާޓީގެ ރައީސް އާއި ލީޑަޝިޕަށް އަދި އެ ޕާޓީގެ އެންމެހާ މެމްބަރުންނަށް އަހަރީ ދުވަހުގެ ތަހުނިޔާ އަރިސްކޮށްފަ އެވެ.
ޝާހިދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އަދާލަތު ޕާޓީ އަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ކުރެހުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ، އަދި ކުރާނެ ޕާޓީއެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ، ދިވެހިރާއްޖޭގައި ޑިމޮކްރަސީ ކުރިއެރުވުމަށާއި ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް ތަޖުރިބާހުރި ޕާޓީތައް މުހިންމު ކަމަށާއި، އުންމީދަކީ އަދާލަތު ޕާޓީގެ ތަޖުރިބާގެ އަލީގައި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމަށް ފަހަތަށް ނުޖެހި ދެމިއޮތުން ކަމަށެވެ.
އަދާލަތު ޕާޓީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހެދުމުގެ ހުއްދަ ދޫކުރަން ފެށިފަހުން 3 ވަނަ އަށް އުފެދުނު ޕާޓީއެވެ. އަދާލަތު ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ 18 އޯގަސްޓް 2005 ގައެވެ.