ads
ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
ލާމަރުކަޒީ ނިޒާމް ފެންނަނީ ސިޔާސީ މީހުން ކުޅޭ ބޯޅައެއް ގޮތުގައި: އާދަމް ޝަރީފް
މިހާރު އޮތްގޮތުން ނަމަ ލާމަރުކަޒީ ނިޒާމ އޮތް ގޮތް ފެންނަނީ ސިޔާސި މީހުން ކުޅޭ ބޯޅައެއް ގޮތަށް ކަމަށް ލޯކަލް ގަވަަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
Advertisement

ލޯކަލް ގަވަމަންޓް މިނިސްޓްރީގެ އެދުމުގެ މަތިން މިއަދު ލާމަރުކަޒީ ކޮމިޓީގައި އެ ފަރާތުން ވަނީ މުހިއްމު މައުލުމާތު ހިއްސާކުރައްވާފަ އެވެ.

އެގޮތުން އުނގޫފާރު ދާއިރާގެ މެމްބަރު އިބަރާހީމް ޝިފާޒް ވަނީ ލާމަރުކާޒީ ނިޒާމު މިހާރު އޮތީ ރައްޔިތުން އެންމެ ފައިދާ ވާގޮތަކަށް ނޫންކަމަށް ވިދާޅުވެ މިހާރު ލާމަރުކަޒީ ނިޒާމްގެ ގާނޫނު އޮތީ ލެބޯޓަރީގައި ޓެސްޓުކުރަން ގެންގުޅޭ ގާނޫނަކަށް ވެފައިކަމަށް ވިދާޅުވެފަ އެވެ. އަދި އެ ނިޒާމްގެ ގާނޫނާށް ބަދަލު އަންނަލެއް ގިނަ ކަމުން ރައްޔިތުނަގެ ކަންބޮޑުވުން އިނަތިހާއަށް ހުރި ކަމަށް ފާހަގަކޮށް ޝިފާޒް ވަނީ އެކަން ހައްލުކުރަން ސަރުކާރުން ދެމި ތިބޭނެ ކަމުގައި އުއްމީދުކުރައްވާކަމަށް ވިދާޅުވެފަ އެވެ.

އެ މިސާލަށް އެއްބަސްވެވަޑައިގަަންނަވާ މިނިސްޓަރު އާދަމް ޝަރީފް ވަނީ އެމައްސަލައާ ގުޅެގޮތުން ހިޔާލުފާޅުކުރައްވާ ވާހަކަދައްކަވާފަ އެވެ.

"އަޅުގަނޑަށް ވަރށް ރަނގަޅު މިސާލެއް ތިޖެއްސެވީ، މި ނިޒާމާދޭތެރޭ ހަމަ ހިތާމައާއެކު ދަންނަވަން ޖެހޭނީ އަޅުގަނޑަށްވެސް ފެންނަނީ ތިކަހަލަ ޓެސްޓްކުރަން ލެބޯޓަރީގައި ބޭނުންކުރާއެއްޗެއް، އެއަށްވުރެ ތިލަކޮށް ދަންނަވަންޏާ އަޅުގަނޑަށް ފެންނަނީ ސިޔާސީ ބޭފުޅުން ކުޅުއްވާ ބޯޅައެއްގޮތުގައި އެ ކަން ހަގީގަތުގައި ހުއްޓުވަން ޖެހޭ ހުއްޓުވާފައި މުޅި ނިޒާމަށް ބަދަލުގެންނަ މުޅި ނިޒާމުން ދެވޭ ހިދުމަތް ރަނގަޅު ކުރާ މަސައްކަތަަކަށް ވާން ޖެހޭ" އާދަމް ޝަރީފް ވިދާޅުވި އެވެ.

ކޮންމެ ޕާޓިއަކުން ވެރިކަަމަށް އައިސް އެގެންނަ ބަދަލުތައް ގެނައުމުން ރައްޔިތުންނަށް ފަސޭހަވެގެން ނުދިޔަކަަމަށާއި ވެރިކަމަށް އައުމަށް ނަންބަރު ބަދަލުކުރިޔަސް އޭގެ ސަބަބުން ރައްޔިތުންނަށް ލިބެނީ މާރަނގަޅު ތަސައްވަރެއް ނޫން ކަަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރައްޔިތުންނަކީ އޭޝިއާގައިވެސް ތައުލީމީ އަދި އެންމެ ހޭލުންތެރިކަން ބޮޑު އެއް ގައުމު ކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ނިޒާމަށް ގެންނަ ބަދަލުތަކަކީ އިހުލާސްތެރިކަމާއެކު ގެންނަނަ ޖެހޭ ބަދަލުތަކައްކަށް ވާން ޖެހޭނެ ކަން ގަބޫލުފުޅުކުރައްވާކަމަށެވެ.

އަވަސް އަރުވާލުމުގެ ބަދަލުގައި ލާމަރުކަޒީ ނިޒާމަށް ހެޔޮ ބަދަލުގެންނަން މަސައްކަތް ކޮށްދެއްވުމަކި ވަަރށް ބޮޑަށް އެދޭކަމެއްކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ ހަމަ އެކަނި ލާމަރުކަޒީ ކޮމިޓީއަށް ބަލާލިނަމަވެސް ނިޒާމްގައި ހުރި މައްސަލަތައް ވަރަށް ރަނގަލަށް ކިޔާ ދެއްވޭނެ ބޭފުޅުން ކޮމިޓީގައިވެސް ތިއްބެވި ކަމަށެވެ.

މި ނިޒާމަށް ގެންނަން ޖެހޭ ހެޔޮ ބަދަކު ގެނައުމަށްޓަކައި ވަކި ފަރާތަކަށް ނިވަތަ ވަކި ޕާޓީއަކަށް ނިސްބަތް ނުކޮށް، ރައްޔިތުންގެ ވާހަކަތައް ގެނެވޭނެކަމަށް މިނިސްތަރު ވިދާޅުވި އެވެ. އަދި މީގެ "ބޮޓަމް ލައިން" އަކަަށަ ވާންޖެހޭނީ ލާމަރުކަޒީ ނިޒާމުން ރައްޔިތުނަަށް ދޭ ހިދުމަތްތައް ރަަނގަޅުވެ، ފައި އަވަސްވެފައި، ހަރަދުކުޑަކޮށް އެކަން ކުރެވޭނެ ގޮތަކަށް ވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެއިތުރުން ހިދުމަތްތައް ދެވިގެން ދާއިރު ނިޒާމަކީ ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި އޮއްގޮތަށް އޮތްއެއްޗެއްކަން ކަށަވަރުކުރެވި، ދައުލަތުން ކުރަން ބޭނުންވާ ކަންތައްވެސް ކައުންސިލުން ކުރެވޭނެ ގޮތަކަށް ކަންކަން ފަހިވެނެެގެން ދިއުން މުހިއްމުކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެއްވެސް ހާލެއްގައި ރައްޔިތުންނަށްޓަކައި ކުރެވޭ މަސައްކަތަކީ އެއީ ކައުންސިލްތަކަށް ނޭންގި ކުރެވޭ މަސައްކަތަކަށް ވުމަކީ ނިޒާމްގެ ބިރައްޓެހިކަމެއްކަން ދެކިވަޑައިގަންނަވާކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

 

"ސަރުކާރުން ކުރިކަމުގައިވީނަމަވެސް އެކަން ކުރަން ޖެހޭނީ ކައުންސިލްތަކާ ގުޅިގެން، ރަށެއްކަމުގައި ވެއްޖެއާމުން ފުރިތަމަ ޓަކި ޖަހާ ދޮރަަކަށް ވާންޖެހޭނީ ކައުންސިލްތައް، މުދިމަކު ބަންގިނުގޮވީމާ ރައްޔިތުން އައިސް އެވާހަކަ އައިސް ދައްކާނީކީ އިސްލާމިކް މިނިސްޓްރީއަކު ނޫން ފުރަތަަމ ދާނި ކައުންސިލްއަށް، ކައުންސިލްއަށް ގޮސް އެވާހަކަ ދައްކާނީ، މިއީ މީގެ ހަގީގަތް އޮތް ގޮތަކީ، ނެރު މައްޗަށް އޮޑިއެއް ލަށްވީމާ ކައުންސިލަރުން ނިކުމެ ފުރަތަމަ މަސައްކަތް ކުރާނި މުދާ އެއްގޮތަކުން ނުވިޔަސް އަނެއްގޮތަކުން މުދާ ސަލާމަތްކުރަން، އޭގެ ފަހުން ބުނާނީ ނެރު ހަދަން" އާދަމް ޝަރީފް ވިދާޅުވި އެވެ.

މުޅި ނިޒާމަށް ގެނެވޭ ބަދަލުގެ ސަބަބުން ރައްޔިތުންނަށް ރަނގަޅު ހިދުމަތައް ލިބޭ ގޮތަކަށް އެ މަސައްކަތް ބާރަށް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރުު ދެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް