ޗައިނާގެ އެންމެ މަތީ ފަންތީގެ އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ފްލިގީ އަކީ ޗައިނާގެ ފުންނާބުއުސް ކުންފުނި އަލީބާބާގެ ސަބްސިޑަރިއެކެވެ. މި އެމްއޯޔޫ އަކީ ޗައިނާގެ މާކެޓުގައި ރާއްޖޭގެ މަންޒިލްތަކުގެ މަގުބޫލަކަން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ވެވުނު އެއްބަސްވުމެއްކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިރުއީ ވަނީ ފްލިގީގެ ޕާޓްނަޝިޕަށް އަދި ހުރިހާ ސްޓޭކްހޯލްޑަރުންނަށް ދެއްވާ ފުރިހަމަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެ އެއްބަސްވުމުން ލިބޭ އެއްބާރުލުމާއެކު އުއްމީދު ކުރަނީ ރާއްޖެ ޕްރޮމޯޓްކޮށް އިޝްތިހާރުކުރުމުގައި އެހިތެރިވެދޭނެކަމަށްކަން އެމްއެމްޕީއާރުސީން ބުނެ އެވެ. އަދި އަދި "ސަނީ ސައިޑް އޮފް ލައިފް" އިން ޓޫރިޒަމްގެ އެކި ސެގްމަންޓްތައް ޕްރޮމޯޓް ކުރުމުގެ އިތުރުން ކީ ސޯސް މާކެޓެއްގެ ގޮތުގައި އެމްއެމްޕީއާރުސީ މާކެޓް ޕޮޒިޝަން ދެމެހެއްޓުމަށް އެހީތެރިވެދޭނެކަމަށް އުއްމީދުކުރާކަމަށްވެސް އެމްއެމްޕީއާރުސީން ބުންޏެވެ.
ވިލާ ނޯޓިކާގައި ބޭއްވި މިސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވަން ވިލާ ރިސޯޓްސްއާ ގުޅިގެން މަސައްކަތްކުރުމުގެ ބޭނުނަކީ އެމްއައިސީއީގެ ދަތުރުތަކާއި، އިވެންޓްތަކާއި، ކޮންފަރެންސްތަކަށް ރާއްޖޭގެ މަގުބޫލުކަން އިތުރުކުރަން ރަނގަޅު ތަނެއް ކަމަށް ވާތީކަަމަށްވެސް ވިސިޓް މޯލްޑީވްސް އިން ބުންޏެވެ.
އަދި އެ ޕާޓްނާޝިޕަކީ އެ ގުޅުން ބިނާކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ދުނިޔޭގެ މުހިންމު މާކެޓްތަކުގެ ތެރޭގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށާއި މަތިކުރުމަށް އެމްއެމްޕީއާރުސީގެ ސްޓޭކްހޯލްޑަރުންނާއި ޕާޓްނަރުންނާ ގާތުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އެކުންފުނިން ދެ އެވެ.
ވިޒިޓް މޯލްޑިވްސް އިން މަސައްކަތް ކުރަނީ ރާއްޖޭގެ މާކެޓް ރީޗް ފުޅާކޮށް، ޓޫރިޒަމް ސެގްމަންޓްތައްވެސް ފުޅާކޮށް ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިގެން ފަތުރުވެރިން އަންނަ މިންވަރު ބޮޑަށް ކުރިއެރުމަށްކަމަށް އެ ފަރާތުން ފާހަގަކުރެ އެވެ.
ރާއްޖެ މިހާރު އޮތީ ޗައިނާގެ ފަތުރުވެރިންގެ އެންމެ މަތީ މަންޒިލެއްގެ ގޮތުގައެވެ.މި އިއްތިހާދަކީ ފާހަގަކޮށްލެވޭ ޔޫނިއަނެއް ކަމަށާއި، ރާއްޖެ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ދެމެހެއްޓުމާއި، ސަނީ ސައިޑް އޮފް ލައިފްގެ އެންމެ ފަހުގެ ހަބަރުތައް ޗައިނާގެ ބާޒާރަށް އަޕްޑޭޓްކޮށް ދައްކާލުމުގައި ވިޒިޓް މޯލްޑިވްސްއަށް އެހީތެރިވެދީފައިވާ އިއްތިހާދެއްކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.