ads
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޓީފުޅެއް ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަބްދުލްއަޒީޒަށް ރައްދުކޮށްދެއްވުމަށް އެ ގައުމުގެ ފޮރިން މިނިސްޓަރާ ހަވާލުކުރެއްވުމުގެ ތެރެއިން
ވަލީއަހަދަށް ރައްދުކޮށްދިނުމަށް ރައީސްގެ ސިޓީ ހަވާލުކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޓީފުޅެއް ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަބްދުލްއަޒީޒަށް ރައްދުކޮށްދެއްވުމަށް އެ ގައުމުގެ ފޮރިން މިނިސްޓަރާ ހަވާލުކުރައްވައިފިއެވެ.
Advertisement

ސައުދީ އަރަބިއްޔާއަށް ފޮރިން މިނިސްޓަރު މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓަރު  ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސަޢުދާ ބައްދަލުކުރައްވާފައެވެ. 

މިނިސްޓަރު ޒަމީރު ވިދާޅުވީ މި ބައްދަލވުމުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޓީފުޅެއް ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަބްދުލްއަޒީޒަށް ރައްދުކޮށްދެއްވުމަށް ފައިސަލް ބިން ފަރްހާން ހަވާލުކުރައްވާފައިވާކަމަށެވެ. 

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން އަލް-ސަޢުދާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި ރާއްޖެއާ ސައުދީއާ ދެމެދުގައި ވާ ގާތް ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާނެކަަމަށް މޫސާ ޒަމީރު ވިދާޅުވިއެވެ.  

your imageސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސަޢުދާ، މޫސާ ޒަމީރު ބައްދަލުކުރެއްވުމުގެ ތެރެއިން. 

ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާންގެ ދައުވަތަކަށް މޫސާ ޒަމީރު ކުރައްވާ މި ދަތުރުގައި ގަވަރުނަރު އަހްމަދު މުނައްވަރުވެސް ބައިވެރިވެޑައިގަންނަވައެވެ. 

މި ދަތުރުގައި ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން އަލް-ސައުދުގެ އިތުރުން  ސައުދީ ސަރުކާރުގެ އެހެން ބައެއް އިސްވެރިންނާއި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އާ ބައްދަލުކުރަން ހަމަޖެހިފައިވާކަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރަން މަޝްވަރާ ކުރާނެކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ހަތަރު ދުވަހުގެ މި ދަތުރުގައި ޒަމީރާއި ގަވަރުނަރު މުނައްވަރުގެ އިތުރުން ދިވެހި ވަފުދުގައި ހިމެނެނީ އެމްބަސެޑާ އެޓް ލާޖް އަހްމަދު ނަސީރާ، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސައީދުގެ އިތުރުން ޑިރެކްޓާ ޖެނެރަލް އައިޝަތު ފަރީނާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް