ތަޒްކިޔާ ރަން މެޑަލް ހޯދީ، ތައިލެންޑްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަން ޝޯޓްކޯސް އޭޖް ގުރޫޕް މުބާރާތުންނެވ. އެ މުބާރާތުގައި ރާއްޖޭގެ ދެ ކްލަބް، ނިއު ލެގޫން ސްވިމިން ކްލަބާއި ލައިފްގާޑުން އެސޯސިއޭޝަންގެ ފެތުންތެރިން ވާދަކުރި އެވެ.
އެ ޓީމުގެ ތަޒްކިޔާ ރަން މެޑަލް ހޯދީ 100 މީޓަރު ފްރީ ސްޓައިލް އިވެންޓުންނެވެ. އޭގެ އިތުރުން އޭނާ ވަނީ ދެ ރިހި މެޑަލް އަދި ލޯ މެޑަލް ހޯދައިފަ އެވެ. ރިހި މެޑަލް ހޯދީ 200 މީޓަރު ފްރީ ސްޓައިލް އަދި 50 މީޓަރު ފްރީސްޓައިލު އިވެންޓްތަކުންނެވެ. ލޯ މެޑަލް ހޯދީ 50 މީޓަރު ބަޓަފްލައި އަދި 200 މީޓަރު އިންޑަވިޖުއަލް މިޑްލޭ އިވެންޓުންނެވެ.