އޭޝިއާ ބޮޑީބިލްޑިން އެންޑް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕް އޮތީ އިންޑޮނޭޝިއާގެ ބަތަމްގައެވެ. އެ މުބާރާތުގައި ވާދަކުރި ދިވެހި ބޮޑީ ބިލްޑަރުން، އެނބުރި ރާއްޖެ އައުމުން މަރުހަބާ ވިދާޅުވީ ކުޅިވަރު ވަޒީރު އެވެ.
ރާއްޖެއިން ވަނީ މި މުބާރާތުގައި ދެ ރަން މެޑެލްއާއި އެއް ރިހި މެޑަލް ހޯދާފައެވެ. ރަން މެޑަލް ހޯދީ، އަޒްނީން، އަދި އަހްސަންއެވެ. މުބާރާތުގައި ރާއްޖެއަށް ރިހި މެޑަލް ހޯދައިދިނީ ޝާހީން އިބްރާހިމް ދީދީ އެވެ.