ads
ބޭރު އެއާޕޯޓެއްގައި ހުރި ސްކްރީން މެޝިނެއް
އެއާޕޯޓްގައި އެމްޕޮކްސްއަށް ސްކްރީން ކުރަން ފަށަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްޕޮކްސްއަށް ސްކްރީން ކުރަން ތައްޔާރުވާން ވާން ފަށާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
Advertisement

އެޗްޕީއޭގެެ ޕަބްލިކް ހެލްތް ޑިރެކްޓަރު، ސަނާ ސަލީމް ދައުލަތުގެ މީޑިއާ އާ ވާހަކަދައްކަވަމުން ވިދާޅުވީ އެމްޕޮކްސްގެ ބަލީގެ ހާލަތު އިނގެމުންދާ ވަރަަކަށް އެއަށް ނަގާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަމުން ދާނެކަމަށެވެ.

އޭގެތެރޭގައި މިހާރު އެޗްޕިއޭއިން ދަނީ ކަމާބެހޭ އިދާރާތަކާއެކީގިައ މަސައްކަތްކުރަމުން ކަމަށް ފާހަގަކޮށް ސަނާ ވިދާޅުވީ އިމިގްރޭޝަންއާ ވާހަކަދެެކެވިގެން އިމޫގާ ފުރާއިރު، ހެލްތް ހިސްޓްރީ ނަގާއިރު ގައުމަކަށް ދަތުރުކުރެވިފައި ހުރިތޯ ސުވާލުތަކެއްވެސް ހިމެނި އެފަދަ މަސައްކަތްތަކެއް ކުރަމުން ދާކަަމަށެވެ.

"އެއާޕޯޓްގައި ސްކްރީން ކުރަންޖެހިއްޖެ ހާލަތެއްގައި ސްކްރީން ކުރުމާ މިކަހަލަ ތައްޔާރީ ހާލަތްތަކަށް ދިއުމުގެ މަސައްކަތް މިހާރު މިކުރަނީ" ސަނާ ވިދާޅުވި އެވެ.

އެމްޕޮކްސްއަށް ސްކްރީން ކުރަން ތައްޔާރުވަމުންދާއިރު ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ޒިޔާރަތްކުރާ ބަޔަކު ސްކްރިންކުރުމަށް ދަތުރުފަތުރާ ގުޅޭ އެއްވެސް ރެސްތްރިކްޝަންއެއް، އަދި މިހާތަނަށް އެފަދަ ރިކޮމެންޑޭޝަންއެއް އައިސްފައިނުވާކަމަށް ސަނާ ވިދާޅުވި އެވެ. އަދި އެފަދަ ރެކޮމެންޑޭޝަންއެއް އައިސްފިނަމަ އެކަހަލަ ހާލަތަކަށް ދިއުމަށް އެޗްޕީއޭއިން ދަނީ ތައްޔާރުވަމުން ކަމަށް ސަނާ ވިދާޅުވި އެވެ.

ހެލްތް މިނިސްޓްރީގައި ކުރިއަށްގެންދިޔަ އެމްޕޮކްސް އާ ގުޅޭ މައުލޫމާތުދޭ ސެޝަންގައި އެ މިނިސްޓްރީން އިއްޔެ ބުނީ ހެލްތް އެމާޖެންސީ ޕްލޭންއެއްގެ ދަށުން، އެމާޖެންސީ ސެންޓްރުތައް އެކްޓިވޭޓް ކުރެވި ސްޓޭކް ހޯލްޑާސްއާ ގުޅިގެން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިވަގުތު ކުރަމުންދާކަމަށެވެ. ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އަދި ޓީވީގެ އިތުރުން އާންމުންނަށް ރަނގަޅު ނިޒާމެއްގެ ދަށުން މައުލޫމާުތު ފޯރުކޯށްދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން ދާކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެ އެވެ.

ބައްޔަށް ޓެސްޓް ކުރުމަށް ބޭނުންވާ ކޮންސިއުމަބަލްސްއާ، މެޑިކޭޝން އަދި ވެކްސިން ހޯދުނުމުގެ މަސައްކަތް އައިޖީއެމްއެޗް އިން ޑަބްލިއުއެޗްއޯއާ ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.  

އެޗްޕީއޭއިން ބުނި ގޮތުގައި މިވަގުތު ހަލުވިކަމާއެކު ބަލި ފެތުރެމުންދަނީ ކޮންގޯ އަދި އެފްރިކާގެ ބައެއް ގައުމުތަކުގަ އެވެ. 2022 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 116 ގައުމަކުން މި ބަލީގައި 99،000 އަށްވުރެ ގިނަ ކޭސް ވަނީ ފެނިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް