މަޖލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ގައުމުގެ މި ހާލަތަށް މިއަދާ ހަމައަށް އަންނަން ޖެހުމުގައި ގޯސް ހަދާފައި އޮތީ ހަމައެކަނި ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން އެކަނި ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު މި ހިސާބަށް ގައުމު ވެއްޓި ދަރަނި ބޮޑުވެގެން ދިއުމުގައި މަޖިލިހުގެ މެންބަރުންގެ ޒިންމާ ވެސް އެބައޮތް ކަމަށެވެ. އެ ނޫން ގޮތަކަށް ގަބޫލުކުރާ ނަމަ އެއީ މައްސަލައެއް ކަމަށާއި މަޖިލިހުގެ މެމްބަރުންގެ މަސްއޫލިއްޔަތުތަކެއް އަދާ ނުކުރެވި އޮތްކަމަށް ގާސިމް ވިދާޅުވިއެވެ.
ގައުމު މިއަދު އޮތް ހާލަތުން ސަލާމަތްވުމަށް ރައީސް ޑރ. މުއިއްޒު ކުރައްވާ މަސައްކަތަށް އިހުލާސްތެރިކަމާއެކު ތާއީދުކޮށްގެން ކުރިއަށް ދިޔުން ނޫން ގޮތެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ގައުމު ފަސާދަކުރުމަށް ހަޅުތާލުކުރުން ފަދަ ކަންކަން ކުރާނަމަ ހާލަތު ދާނީ އިތުރަށް ގޯސްވެގެންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ ސަރުކާރުން ވެސް ހަރަދު ކުޑަކުރަން ގޮވާލާފައެވެ.