ads
ކ. ކަނޑުއޮތްގިރި
ކަނޑުއޮތްގިރި އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފި
މިފްކޯއިން އިން ހިންްގަމުން ދިޔަ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ކަނޑުއޮތްގިރި އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޮޝަން ރިސޯސްގެ ބެލުމުގެ ދަށުގައި އޮތް މިފްކޯއިން އިން ހިންގަމުން ދިޔަ ކަނޑުއޮތްގިރީގައި އޮތް ފެސިލިޓީއަކީ ކަންނެލި މަސްވެރިކަމަށް ހާއްސަކުރެވިގެން އަދި ޑިވެލޮޕްމެންޓްގެ މަސައްކަތްތަކަށް، ކަންނެލި މަސްވެރިކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ހާއްސަ ކުރެވިފައި އޮތް ރަށެކެވެ. 

މިއަދު ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ އޮަގަސްޓަ މަހުގެ 4 ވަަނަ ދުވަހު ވަނީ އެމްއެންޑީއެފްގެ ބޭނުމަށް ކަނޑުއޮތްގިރި ދޫކުރެވިފައިކަމަަށެވެ.

"އެމްއެންޑީއެފްއަށް އޮތީ ކަނޑުއޮތް ގިރި ބަދަލްކުރެވިފައި، އެއާ އެކީގައި އެނގިވަޑައިގަންނަވާނެ ކުރިން ދެންނެވިހެން ކަންނެލި މަސްވެރިކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލުހޯދައިދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުން ދިޔަ ތަނެއް، ދިގު މުއްދަތަަކަށް އެ މަސައްކަތްތައް ކުރެވުނު ކަމުގައި ވީނަމަވެސް އެދެވޭ ހައްލެއް ގަނޑުއޮތްގިރިއަށް ނުލިބި އޮތުން އަޅުގަަނޑުމެންނަށް އިރާދަކުރެެއްވިއްޔާ މި ނިމުމަކަށް މި ގެނެވެނީ" މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.

ކަނޑުއޮތްގިރިއަށް ވަރަށް ބޮޑު ހޭދައެއް ކުރެވުނުނަމަވެސް ކަންނެލި މަސްވެރިންނަށް ކަަނޑު އޮތްގިރީގެ ފަޅަކީވ އެދެވޭ ހައްލެއް ލިބުނު ފަޅަކަށް ނުވި ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންކަަމުން ގެނެވުނު ބަދަލާއެކީގައި އެޗްޑިސީ މެދުވެރިކޮށް ހުޅުމާލެގެ ބަނދަރުން ކަންނެލި މަސްވެރިންނަށް ހައްލު ލިބޭނެގޮތަށް ހަަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަަކަށް އެއީ ވަރަށް މުހިއްމު ބަދަލެއް ކަމަށާއި މަސްވެރި ސިނާއަަތަށް މިހާރު ހުރި ގޮންޖެހުންތަކުގެ ތެރޭގައި ކަންނެލި މަސްވެރިކަމަށް އޮތް ގޮންޖެހުން ބޮޑުކަަމަށެވެ.

"އެއީ ހަގީގަތުގައި ކަންނެލި މަސްވެރިކަން ކުރާ ފަރާތްތައް އިންވޯލްވެގެން، މީގެ ކުރިންވެސް ކަންނެލލި މަސްވެރިކަމުގއެ ކުދި ވިޔަފާރިވެރިން ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަަކަށް ރަނަގަޅު މާހައުލަކަށް މިމާހައުލު ޔަގީންނުންވެސް ވެގެން ދާނެ، އެކަންކަން ކުރައްވާ ފަރާތްތަކަށް މި މާހައުލަށް ހަރަދުވެސް ކުޑަވެގެން ދާނެ" ޝިޔާމް ވިދާޅުވި އެވެ.

އެ ކާރުހާނާ ބަދަލުކުރަން ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މަސްދޯނިތަކަށް ކަނޑުއޮތްގިރިއަށް ލަފާފުރުމުގައި ހުރި ދަތިތައް ހިމެނެ އެވެ. 

ކަނޑުއޮތްގިރީގައި މިފްކޯއިން ހިންގަނީ ބޮޑުކަންނެލި ޕްރޮސެސްކުރާ ފެކްޓަރީއެކެވެ. ނަމަވެސް އެ ރަށުގެ ބަނދަރުގެ ހާލަތު ގޯސްކަމުންނާއި ފަޅު ތިލަވުމުގެ ސަބަބުން އޮޑިދޯނިފަހަރަށް އެ ރަށަށް ލަފާފުރުމުގައި ބޮޑެތި ދަތިތަކެއް ދިމާވެ އެވެ. އެ ސަބަބާ ހުރެ އެ ފެކްޓްރީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި އޮންނަނީ ނުހިފި އެވެ.

އެ މައްސަލައަށް ހައްލެއް ގެނަން ވެގެން، ކަނޑުއޮތްގިރީގެ ފަޅު ފުންކުރުމަށާއި ބަނދަރު ތަރައްގީ ކުރުމަށް މިދިޔަ ސަރުކާރުގައި ވަނީ 35 މިލިއަން ރުފިޔާގެ މަޝްރޫއެއް ވެސް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. ކަނޑުއޮތްގިރި ޒަމާނީ ޕެކިން ފެސިލިޓީއަކަށް ހަދައި މަސްވެރިން ބާނާ މަސް، ބޭރަށް ފޮނުވޭނެ ފެންވަރަށް ޕެކްކޮށްދޭ ކާރުހާނާއެއްގެ ގޮތުގައި އެތަން ތަރައްގީކުރަން ވެސް 2022ގައި، ކުރީގެ ސަރުކާރުން ނިންމި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް