ބޫޓާން އަތުން ރާއްޖެ މިއަދު ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ. ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެފައިވާ ސްޓޭޑިއަމްގައި ރާއްޖެ ކޮޅަށް ބޫޓާން މޮޅުވި ލަނޑު އެ ޓީމުން ޖެހީ މެޗު ނިމެން ކައިރިވެފައިވަނިކޮށެވެ.
މި ނަތީޖާއާއެކު ތިން ޓީމު ހިމެނޭ ގްރޫޕުގައި ރާއްޖެ އޮތީ ޕޮއިންޓެއް ނުލިބި ފުލުގައެވެ. އިންޑިޔާ އަދި ބޫޓާން ކޮންމެ ޓީމަކަށް ތިން ޕޮއިންޓް ލިބިފައިވެއެވެ.
ރާއްޖެއަށް މުބާރާތުގައި ކުރިއަށް ދެވެން މިހާރު އޮތީ، ގްރޫޕް ސްޓޭޖުގައި އިންޑިޔާ ބަލިކޮށްގެނެވެ. އިންޑިޔާ އަތުން މޮޅުވުން ނޫން އެހެން ނަތީޖާ އެއް ނުކުމެއްޖެ ނަމަ، ތަށި ހޯދުމުގެ އަމާޒުގައި ނޭޕާލަށް ދިޔަ ދިވެހި ޓީމު ޖެހޭނީ ހުސް އަތާ އެނބުރި އަންނާށެވެ.