ads
މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކް ހުންނަ އިމާރާތް
ޑިވެލޮޕްމެންޓް ބޭންކް ގަވަނިން ބޯޑުގައި ސިންގަޕޫރާއި ޔޫކޭ މީހުން
މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކްގެ ގަވަނިން ބޯޑަށް ސިންގަޕޫރުގެ ރައްޔިތަކާއި އިނގިރޭޭސި ވިލާތުގެ ރައްޔިތެއް އައްޔަންކޮށްފިއެވެ.
Advertisement

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) ވަނީ މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކްގެ ގަވަނިން ބޯޑަށް  ތިން މެމްބަރކު އައްޔަންކޮށްފައެވެ. 

ގަވަނިން ބޯޑަށް އައްޔަންކުރި މެމްބަރުން 

  1. އަހްމަދު އަލީ / މއ. ވޭސައިޑް 805 ފްލެޓް 
  2. ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދު / ސިންގަޕޫރް
  3. ރޮބާޓް ޑެނިއުލް ކާންޓްް / ޔުނިޓެޑް ކިންގްޑަމް

މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކްގެ ގަވަނިން ބޯޑުގައި ސަރަހައްދީ ފެންވަރު ފާހަގަކޮށްލެވޭ ފަރާތްތައް ތިބޭނެކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. ޑިވެލޮޕްމެންޓް ބޭންކުގެ އޮޕަރޭޝަންތައް ޖުލައި މަހު ފަށާނެ ކަމަށްވެސް އިކޮނޮޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރިން ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާވާފައި ވަނީ މޭމަހުގެ 16 ވަނަ ދުވަހުއެވެ. އެ ބޭންކު އުފެއްދުމަށް ލައިސަންސް ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، (އެމްއެމްއޭ) އަށް އިކޮނޮމިކް މިނިސްޓްރީން ހުށައެޅީ މިދިޔަ މަހުގެ 28 ގައެވެ.  

"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި މި ބޭންކު ދިވެހި ސަރުކާރުގެ 100 އިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައެވެ.

"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" އަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ކުންފުނި އުފެއްދުމުގެ އިތުރު މުހިއްމު ބޭނުންތަކުގެ ތެރޭ ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުންވެސް ހިމެނޭކަމަށް ރައީސް އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް