ads
ޕީޖީ ޝަމީމް
ކޮމެޓީ ލައިވްކޮށްދިނުމަށް ޝަމީމް އެދިވަޑައިގެންފި
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަގައި ޖަވާބުދާރީވާން އޭނާ ހާޒިރުކުރާ ކޮމެޓީ ލައިވްކޮށްދިނުމަށް ޝަމީމް އެދިވަޑައިގެންފިއެވެ
Advertisement

ޖުޑިޝަރީ ކޮމިޓީއަށް ޝަމީމް ހާޒިރުކުރާ ބައްދަލުވުން އޮންނާނީ މިއަދު 10:30 ގައެވެ. 

ޕީޖީ އޮފީހުން ބުނީ ޝަމީމް ކޮމެޓީއަށް ހާޒިރުވެވަޑައިގަންނަވާނެކަމަށެވެ. އަދި ކޮމެޓީ ބައްދަލުވުން ލައިވްކޮށްދިނުމަށް ޕީޖީ އެދިވަޑައިގެންފައިވާކަމަށް އެ އޮފީހުން ބުނެއެވެ. 

ޝަމީމަށް ޖަވާބު ދާރީވާން ފުރުސަތު އޮތްކަމަށް އެންގުމަށް ކޮމެޓީއަށް ހުށައެޅި ޕީޖީ ކަމުން ޝަމީމު ވަކުކުރަންވެސް ހުށައެޅުއްވި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. 

ޝަމީމް ވަކި ކުރުމަށް ހުށަހަޅާފައިވާ އެއް ސަބަބަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ދައުވާގެ މައްސަލައާއި ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްސަލަ ފައިލް ކުރުމެވެ.  

އޭގެ އިތުރުން، "ސަފާރީ ރޭޕް ކޭސް" ގެ މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމި ނިންމުމާއި، ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ދައުވާކުރި މައްސަލަ އަނބުރާ ގެނައިކަންވެސް ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން، ބަނގުރާ ބުއިމާ ގުޅޭ ގިނަ މައްސަލަތަކެއްވެސް އަނބުރާ ގެނެސްފައިވާ ކަމަށާއި، ޝަމީމް ބަނގުރާފުޅިއެއްގެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކުރިކަންވެސް ފާހަގަކޮށްފައިވެ އެވެ.  

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ޑިސެމްބަރު 2019ގައި ޝަމީމް އެ މަގާމަށް އައްޔަންކުރަން ފާސްކޮށްފައި ވަނީ 74 މެންބަރުންގެ ވޯޓާ އެކު އެވެ. ފަސް އަހަރު ދުވަހަށް އައްޔަން ކުރާ އެ މަގާމުގައި ޝަމީމުގެ ދައުރު ހަމަވާން ދެން ބާކީ އޮތީ ތިން މަހެއްހާ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް