ads
ރައްޔިތުންގެ މަޖިލިސް
ޕީޖީ ޝަމީމް ވަކިކުރަން މިރޭ ޖަލްސާއެއް ބާއްވަނީ، ދައުރުވެސް ނިންމާލަނީ
ޕްރެސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަކިކުރަން ވޯޓަށް އަހަން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.
Advertisement

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަގާމުން ވަކިކުރުމަށް ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. މި ނިންމުމަށް މިރޭގެ ޖަލްސާގައި ވޯޓަށް އަހާނެއެވެ.

މިއަދުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ މިރޭ ބާއްވާ ޖަލްސާއަކީ 20 ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުން ނިންމަން ބާއްވާ ޖަލްސާއެއްކަމަށެވެ. 

މަޖިލީހުގެ މި ދައުރު ނިމި ޗުއްޓީއަށް ދާން ހަމަޖެހިފައިއޮތީ މިމަހުގެ 15 ވަނަދުވަހުއެވެ. އެހެންނަމަވެސް ނިންމަންޖެހޭ މުހިއްމު މަސައްކަތްތައް ހުރިކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސްް އަބްދުއްރަހީމް އަބްދުﷲ މި ދައުރު މިމަހުގެ 26 ނިޔަލަށް ދަންމާލަން ހުށައެޅުއްވިއެވެ. މި ހުށައެޅުން މަޖިލީހުން ފާސްކުރީ އެދުވަހުގެ ޖަލްސާގައި ބައިވެރިވި 80 މެމްބަރުންގެ އިއްތިފާގުންނެވެ. 

މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ 20 ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުގައި ކުރި މަސައްކަތްތަކުގައި ތާފާސް ހިސާބު ދެއްވާފައެވެ. ނާޒިމް ވިދާޅުވީ މަޖިލިހަށް ހުށައެޅުނު މައްސަަލަތަކުން 82.9 އިންސައްތަ މަސައްކަތް ފުރަތަމަ ދައުރުގައި ނިންމާފައިވާކަމަށެވެ. 

ނަޒީމް ވިދާޅުވީ މަޖިލިހަށް މިދައުރުގައި 23 ބިލެއް ހުށައެޅުނުއިރު އޭގެތެރެއިން 11 ބިލެއް މަސައްކަތް އެއްކޮށް ނިންމާފައިވާކަމަށެވެ. އަދި ވަޒީރުންނާއި ސުވާލުކުރުމަށް ހުށައެޅި ހުރިހާ ހުށައެޅުމެއް ނިންމާފައިވާކަމަށެވެ. އެގޮތުން ވަޒީރުންނާއި ސުވާލުކުރުމަށް 12 ހުށައެޅުމެއް ހުށައެޅިކަން  މަޖިލީހުގެ ނައިބު ރައީސް ފާހަގަކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް