ads
ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްގެ އިސްތިއުފާގެ ސިޓީ ހަވާލުކުރައްވަނީ
ޖަލްސާ ފަށަށް ކުޑަތަންވެފައިވަނިކޮށްް ޝަމީމް މަގާމުން އިސްތިއުފާދެއްވައިފި
ޕްރޮސެކިއުޓާ ޖެނަރަލްކަމުގައި މަގާމުން ހުސެއިން ޝަމީމް އިސްތިއުފާދެއްވައިފި އެވެ.
Advertisement

ޝަމީމު މަގާމުން އިސްތިއުފާދެއްވައި މިވަނީ އޭނާ މަގާމުން ވަކިކުރަން މިރޭ ބާއްވަން ރައްޔިތުން މަޖލީހުން ތާވަލުކުރި ޖަލްސާ ފެށެން ވަރަށް ކައިރިވެފައިވަނިކޮށެވެ. 

ރައްޔިތުން މަޖިލީހުގެ މި ދައުރު ނިންމަންކަމަށް ބުނެ މިރޭ ބާއްވަން އޮތް ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީވެސް ޝަމީމު މަގާމުން ވަކިކުރަން ވޯޓަށް އެހުމެވެ. 

މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މައްސަލަ ބަލާ ޝަމީމް ވަކިކުރަން ނިންމި މައިގަޑު ސަބަބެއްކަމަށް ބުނެފައިވަނީ ވަނީ ޖިނާއީ އަދުލުގައި ގާއިމްވެފައިވާ އުސޫލުތަކާ ހިލާފަށް ކުރީގެ ސަރުކާރުގެ ވެރިންނާ ގުޅޭ ބައެއް ބޮޑެތި މައްސަލަތައް އޭނާ އަނބުރާ ގެންދެވުންކަމަށެވެ. 

މި ތުހުމަތުތަކަށް ޖަވާބުދާރީވާން ބޭއްވި ކޮމެޓީ ލައިވްކޮށް ގެންގޮސްދިނުމަށްް ޝަމީމް އެދުނެވެ. އެހެންނަމަވެސް ކޮމެޓިން ނިންމީ ބައްދަލުވުން ސިއްރުކުރާށެވެ. 

ކޮމެޓީގައި ޖަވާބުދާރީވަމުން ޝަމީމް ވިދާޅުވީ އިތުބާރު ނެތްކަމަށް ބުނެ އެ ކޮމެޓީން ބަލަމުންދާ މައްސަލައަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، ބަލަމުންދާ މައްސަލައެއް ކަމަށެވެ. އަދި ޝަމީމް ވަނީ އޭނާގެ ވަކިކުރަން ކުރި ހުރިހާ ތުހުމަތުތަކެއް ވެސް ދޮގުކުރައްވައިފަ އެވެ.

" އޭގައި ހުރީ، މީގެ ކުރިން ޖަވާބުދީ ބާވެފައި ހުރި ކަންކަން، އަޅުގަނޑު މިހުރީ އިސްތިއުފާދޭން ވެސް ތައްޔާރަށް،" ޝަމީމް ވިދާޅުވި އެވެ.

މަގާމުން ވަކި ކުރަނީ ގާނޫނާ ހިލާފު ކަމެއް ކޮށްގެން ނުވަތަ ހަވާލުކުރި މަސައްކަތް ނުކޮށްގެން ނޫން ކަމަށާއި ސަރުކާރުން އެކަން ކުރަނީ އޭނާ ލައްވައި ގާނޫނާ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުކުރުވޭނެތީކަން ޝަމީމު މިއަދު ފާހަގަކުރެއްވި އެވެ.

އިސްތިއުފާގެ ސިޓީގައި ޝަމީމް ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން އާންމުކޮށް އިއުލާނު ކުރައްވާފައި، އެ ކަންކަމަށް އޭނާ ދޭން އޮތް ޖަވާބު، އާންމުންނަށް ނުއިވޭ ގޮތަށް ސިއްރުކުރުމަކީ، އަދުލް އިންސާފުގެ ހަމަތަކާއި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ. 

"އަޅުގަނޑުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން އާންމުކޮށް އިއުލާނު ކުރައްވާފައި، އެ ކަންކަމަށް އަޅުގަނޑު ދޭން އޮތް ޖަވާބު، އާންމުންނަށް ނުއިވޭގޮތަށް ސިއްރުކުރުމަކީ، އަދުލް އިންސާފުގެ ހަމަތަކާއި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާވެސް ހިލާފު ކަމަކަށްވާތީ، މިކަންކަމާ އިހުތިޖާޖުކުރުމުގެ ގޮތުން، ގާނޫނުއަސާސީގެ 226 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޕްރޮސިކިއުޓާ ޖެނެރަލްގެ މަޤާމުން އަޅުގަނޑު އިސްތިއުފާ ދީފިން،" ޝަމީމް ވިދާޅުވެފައިވެ އެވެ. 

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ޑިސެމްބަރު 2019ގައި ޝަމީމް އެ މަގާމަށް އައްޔަންކުރަން ފާސްކޮށްފައި ވަނީ 74 މެންބަރުންގެ ވޯޓާ އެކު އެވެ. ފަސް އަހަރު ދުވަހަށް އައްޔަން ކުރާ އެ މަގާމުގައި ޝަމީމުގެ ދައުރު ހަމަވާން ދެން ބާކީ އޮތީ ތިން މަހެއްހާ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް