ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ އޮފިޝަލަކު ވިދާޅުވީ، އެއާޕޯޓް ވަގުތީ ގޮތުން ބަންދު ކުރީ ފަޔާ ލޮރީއަކަށް މައްސަލައެއް ދިމާވެގެން ކަަމަށެވެ.
އަދި އެ ލޮރީއަށް ދިމާވި މައްސަލަ މިރެއަށް ހައްލުވެ މާދަމާ ހެދުނު އަލުން ދަތުރަށް އެއާޕޯޓް ތައްޔާރު ކުރެވޭނެ ކަަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
އެއާޕޯޓުގެ ރެގިއުލޭޝަންތައް ބުނާގޮތުން ފަޔާ ޓްރަކެއްގައި މައްސަލައެއް ދިމާވެފައިވާނަމަ، އެ އެއާޕޯޓަކަށް ފްލައިޓް ޖެއްސުން މަނާވާނެ އެވެ.