ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި ދިރިއުޅެން މިދިޔަ ސަރުކާރުން ދިން ބިންތަކުގައި ކެފޭ ހަދާ ވިޔަފާރި ކުރަމުންދިޔަ ތަންތަން އެޗްޕީއޭއިން މި ބަންދުކުރީ އެ ބިންތަކުގައި ވިޔަފާރިކުރާ މައްސަލަ ބަލަމުން އަންނަކަމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ދާދި ފަހުން ވިދާޅުވެފައި ވަނިކޮށެވެ.
ފޭސް ދޭއްގައި މިގޮތަށް ހިންގަމުންދިޔަ ހުރިހާ ތަނެއް އެޗްޕީއޭއިން ވަނީ ބަންދުކޮށްފައެވެ. އެތަން ތަން ބަންދުކޮށް އެޗްޕީއޭއިން ޖެހި ނޯޓިސްގައި ބުނެފައިވަނީ އެތަންތަން ބަންދުކުރަން އެންގި އެތަންތަނުގެ ސާފުތާހުރިކަން ދަށްވުމުގެ ސަބަބުން ސިއްހަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީކަމަށެވެ. އަދި ތަންތަނުގައި ކުރަމުންދިޔަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ ވިޔަފާރު ހުއްޓާލުމަށްވެސް އެ ނޯޓިސްގައިވަނީ އަންގާފައެވެ.
ބިންވެރިޔާ ސްކީމް'ގެ ދަށުން މިދިޔަ ސަރުކާރުން ހުޅުމާލެ ފޭސްދޭގައި ދޫކުރި ބައެއް ބިންތަކުގައި ކެފޭ ހަދާ ހޮޓާ ވިޔަފާރިކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ ސަރަހައްދުން ދޫކޮށްފައި ހުރި ގިނަ ބިންތަކުގައި ވަށާ ފާރު ރާނާ ގިނަ ބަޔަކު އަންނަނީ ކެފޭ ހިންގަމުންނެވެ.