އޭޖީ އުޝާމް ވިދާޅުވި ޑޮލަރު މައްސަލަ ހައްކުރުމަށް ޑޮލަރުން އާއްމަދަނީ ލިބޭ ކުންފުނިތަކުން އަމަލުކުރަންޖެހޭ ބައެއް އުސޫލަތަކަށް ބަދަލު ގެންނަ ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާކަމަށެވެ.
އެގޮތުން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ބައެއް ހާލަތުގައި ރުފިޔާއިން ދައްކަމުން އަންނަކަމަށާއި އެ ފައިސާ މީގެ ފަހުން ޑޮލަރުން ދައްކަންޖެހޭ ގޮތަށް ކަނޑައަޅާ އެ ބަދަލު ގެނައުމަށް ނިންމާފައިވާކަމަށް އުޝާމް ވިދާޅުވިއެވެ. އަދި ޑޮލަރުން އާމްދަނީ ލިބޭ ބައެއް ކުންފުނިތަކުން މުސާރަ ޑޮލަރުން ދިނުމަށްފަހު ޕެންޝަން ދިވެހި ރުފިޔާއިން ދައްކަމުން އަންނަކަމަށާއި އެކަން ބަދަލުކުރަން ޕެންޝަނާއި ބެހޭ ގާނޫނަށް އިސްލާހު ގެންނަން ނިންމާފައިވާކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ބްލެކް މާކެޓްގައި ބޮޑު އަގުގައި ޑޮލަރު ވިއްކަމުންދާކަމުގެ ޝަކުވާ ސަރުކާރަށް ލިބެމުން އަންނަކަމަށެވެ. އަދި އެ ކުންފުނިތަކުން މި ކަން ކުރަަނީ ދައުލަތަށް ދިވެހި ފައިސާ ދައްކަންކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖެއަށް އެތެރެކުރާ މުދަލަށް ކަސްޓަމްސް ޑިއުޓީ ޑޮލަރުން ދައްކަންޖެހޭ ގޮތަށް ގާނޫނައި ގަވައިދަށް ބަދަލު ގެންނަވާނެކަމަށްވެސް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވިއެވެ.