1.8 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި
މުހައްމަދު އާދަމް އަހްމަދު
26 އޯގަސްޓް 2024 - 10:17:49
ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީން 1.8 ބިލިޔަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކައިފިއެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެއެވެ.
މި ފަހަރު ވިއްކަން އިއުލާންކޮށްފައިވަނީ 4 ޓީބިލެކެވެ. މީގެ ޖުމްލަ އަދަދަކީ 108 ބިލިއަން ރުފިޔާއެވެ.
ވިއްކަން އިއުލާންކުރި ޓީބިލްތައް
- 1.3 ބިލިޔަން ރުފިޔާ / 28 ދުވަހުން އަނބުރާ ދައްކާގޮތަށް
- 20 މިލިޔަން ރުފިޔާ / 98 ދުވަހުން އަނބުރާ ދައްކާގޮތަށް
- 231 މިލިޔަން ރުފިޔާ / 182 ދުވަހުން އަނބުރާ ދައްކާގޮތަށް
- 294 މިލިޔަން ރުފިޔާ / 294 ދުވަހުން އަނބުރާ ދައްކާގޮތަށް
ޓީބިލުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް