ads
ފްލެޓްތައް ހަވާލު ކުރެވޭނީ މިނިސްޓްރީން އެންގުމުން: އެފްޑީސީ
"ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ 4،000 ހައުސިން ޔުނިޓް ހަވާލުކުރެވޭނީ ހައއުސިން މިނިސްޓްރީން އެންގުމުންކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
Advertisement

4000 ފްލެޓްތަކުގެ އެއްބަސްވުމާއި ޔުނިޓް ހަވާލުކުރުމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ސުވާލުކުރަމުންދާތީ އެކަމަށް ދޭ ޖަވާބުގެ ގޮތުގައި އެފްޑީސީ ނެރުނު ބަޔާނެއްގައި ބުނީ ހައުސިން ޔުނިޓް ހަވާލުކުރުން މަޑުޖައްސާލީ ހައުސިން މިނިސްޓްރީން އެކަން އެގޮތަށް ކުރުމަށް އަންގާފައިވާތީކަމަށެވެ. 

އެފްޑީސީ ބުނީ ހައުސިން ޔުނިޓްތައް ހަވާލުކުރުމާއި ގުޅޭ އެންމެހާ މުއާމަލާތުތައް ކުރިޔަށް ގެންދެވޭނީ ހައުސިން މިނިސްޓްރީން އެކަމަށް ހުއްދަދ ދިނުމުންކަަމަށެވެ.

" މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މީގެ ކުރިން ވަނީ ޔުނިޓު ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް މަޑުޖައްސާލުމަށް މި ކޯޕަރޭޝަނަށް އަންގާފައި. އެހެންކަމުން، ޔުނިޓު ހަވާލުކުރުމާ ގުޅޭގޮތުން ކުރެވޭ އެންމެހާ މުއާމަލާތްތައް ކުރިއަށް ގެންދެވޭނީ އެ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީއިން ވަކި ގޮތެއް އެންގުމުން ކަމުގައި ދަންނަވަން،" އެފްޑީސީން ނެރުނު ބަޔާނުގައިވެއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު އާއްމު ކުރާނީ އަންނަ އޮކްޓޫބަރު މަހ ކަމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ 32 ފްލެޓްގެ ތެރެއިން ހަ ފްލެޓްގެ މަސައްކަތް އޮކްޓޫބަރަށް ނިމޭނެކަމަށެވެ. އަދި އެހާތަނަށް ރިވިއުކުރާ ލިސްޓު ނިންމާ އާއްމުކުރާނެކަމަށް ހައިދަރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް