ads
މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯކަމަށް އައްޔަންކުރެއްވި ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އާ ޗެއާޕާސަން އައްޔަންކުރެއްވި އަރުނީ ގުނެތިލަކަ
ޑިވެލޮޕްމެންޓްގެ ބޭންކުގެ ސީއީއޯ އާއި ޗެއާޕާސަނަކަށް ބޭރުގެ ތަޖުރިބާކާރު ދެބޭފުޅުން
މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯއަކަށް އިނގިރޭސި ރައްޔިތެއް އަދި ޗެއާޕާސަނަކަށް ސިންގަޕޫރުގެ ރައްޔިތަކު ކަނޑައަޅައިފިއެވެ.
Advertisement

ޑިވެލޮޕްމެންޓު ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަންކުރީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސްއެވެ. ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކ އެވެ. މި ދެ ބޭފުޅުންނަކީވެސް ބައިނަލްއަގްވާމީ މާލީ އެކި އިދާރާތަކުގައި ކުރިން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ދެ ބޭފުޅުންނެވެ.

your imageޑިވެލޮޕްމެންޓު ބޭންކުގެ ސީއީއޯއާ ޗެއާޕާސަންއާ ރައީސް ޑރ. މުއިއްޒު ބައްދަލުކުރައްވަނީ 

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ މި ދެބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.

your imageރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ޑިވެލޮޕްމެންޓު ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަންކުރި ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ޑިވެލޮޕްމެންޓު ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަންކުރި ނޮއެލް ވަނީ އޮކްސްފޯޑު ޔުނިވާސިޓީން މާލީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައެވެ. އޭނާވަނީ ސްޓާލިން ވޯޓަފޯޑް ސެކިއުރިޓީސްގެ ސީއީއޯގެ މަގާމު 2004 އިން 2013 ވަނަ އަހަރަށް ފުރުއްވާފައެވެ. ނޮއެލް އެންމެ ފަހުން ހުންނެވީ ސައުދީ އަރަބިއްޔާގެ ނެޝަނަލް އިންސްފްރާސްޓްރަކްޗާ ފަންޑުގެ ޗީފް އިންވެސްޓްމެންޓް އޮފިސަރުގެ މަގާމުގަ އެވެ. އަދި 2013 އިން 2016 އަށް އިނގިރޭސި ވިލާތުގެ ޔޫކޭ ގްރީން އިންވެސްޓްމެންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ވެސް ހުންނެވި އެވެ.

your imageޑިވެލޮޕްމެންޓް ބޭންކުގެ ޗެއާމަންކަމަށް އައްޔަންކުރެއްވި ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކަ

ޑިވެލޮޕްމަންޓު ބޭންކުގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރެއްވި ގުނެތިލަކަ އެންމެ ފަހުން އޭނާ ހުންނެވީ ލަންކާގެ ހެޓަން ނެޝަނަލް ބޭންކްގެ ޗެއާޕާސަންގެ މަގާމުގައެވެ. 2016 އިން 2021 ގެ ނިޔަލަށް ގުނެތިލަކަ ހުންނެވީ ލަންކާގެ ޕީޕަލްސް ބޭންކްގެ ހެޑް އޮފް ކޯޕަރޭޓް ބޭންކިންގެ މަގާމުގަ އެވެ. 25 އަހަރު ފައިނޭންޝަލް ސެކްޓަރުގައި ހޭދަކުރައްވާފައިވާ ގުނެތިލަކަ ވަނީ ސިންގަޕޫރުގެ ސްޓޭންޑަޑް ޗާޓަޑް ބޭންކްގައި ވެސް މަސައްކަތް ކުރައްވާފައެވެ.

މި ބޭފުޅުންނާއި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޑިވެލްޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ވާނީ  ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ރިސޯޓުތައް ހެދުމަށާއި، ރިއަލް އެސްޓޭޓާއި، ހައުސިން މާކެޓުގެ އިތުރުން އެހެނިހެން ދާއިރާތަކުން ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ހަބަކަށްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް