މާޒިޔާއަށް އަނެއްކާވެސް ޔޫރަޕުގެ ތަޖުރިބާކާރު ކޯޗެއް
ސްޕޯޓްސް ޓީމް
28 އޯގަސްޓް 2024 - 12:09:00
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗަކަށޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ކޯޗު، ޑްރަގަން ޑުކަނޯވިޗް ހަމަޖައްސައިފި އެވެ.
މާޒިޔާއަށް މި ފަހަރު މި ގެނައި ކޯޗަކީ، މާޒިޔާ އަށް އިރުޝާދު ދޭނެ ބިދޭސީ ހަ ވަނަ ކޯޗެވެ. އުމުރުން 54 އަހަރުގެ ޑުކަނޯވިޗް،އަކީ ސާބިއާއަށް ނިސްބަތްވާ ކޯޗެކެވެ. އެ ގައުމުގެ ކޯޗުން މީގެ ކުރިންވެސް މާޒިޔާއާއެކު މަސައްކަތްކޮށްފައިވެއެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނެ ތާރީހެއް އަދި ނޭގެއެވެ. އެހެން އެކަން އޮތް ނަމަވެސް، އޮކްޓޫބަރު މަހު ފަހުކޮޅު ފެށޭ އޭއެފްސީގެ ޗެލެންޖް ލީގުގައި މާޒިޔާއިން ކުޅެން ޖެހެއެވެ. އޮކްޓޫބަރު 26 ގައި ފަށާ އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާ ހިމެނެނީ ވަރުގަދަ ގްރޫޕެއްގަ އެވެ.
މާޒިޔާގެ ކޯޗަކަށް ހަމަޖެއްސި، ކޯޗިން ކެރިއަރު ފަށާފައިވަނީ، 2003 ވަނަ އަހަރު އެވެ. އެންމެ ފަހުން، ޑުކަނޯވިޗް މަސައްކަތްކުރީ ގްރީސްގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް، އެގާލިއޯގަ އެވެ. އޭނާވަނީ އޭޝިއާގައިވެސް މަސައްކަތް ކޮށްފައެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް