ads
ސިނަމާލެ ބްރިޖް: މިހާތަނަށް ނިންމާފައިވާ އެއްމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު
ބްރިޖުގެ ލޭނެއް މަދެއްނުވާނެ، ހެދީ ކުރެހުމާއި އެއްގޮތަށް: މުއްތަލިބު
ސިނަމާލެ ބުރިޖުން އެއްވެސް ލޭނެއް މަދެއް ނުވާނެކަމަށާއި އެ ބުރިޖު ނިންމާފައިވަނީ ކުރެހުމުގައި އޮތް ގޮތަށް ކަމަށް މި ސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ބްރިޖުގެ ލޭނެއް މަދުވެގެން އެެކަން ރައީސް ޔާމީނަށް އެނގިފައި ނެތުމުން އެކަމާއި ހިތްހަމަނުޖެހިގެން ޑރ. މުއިއްޒަށް ކީރިތި ކުރެވެންދެން އެއްޗެތި ކިޔުއްވިކަމަށެވެ. 

" އެންމެ ފަހުން ރިޔާސީ އިންތިހާބުގެ އެންމެ ފަހު ދުވަސްކޮޅު ބުރިޖު ހުޅުވަން މަސައްކަތް ކުރަމުން ދިޔަ އިރު، އޭރު ސަކީނާ މަންޒިލްގައި ޕާޓީ އޮފިސް ހިނގަމުން ދާނީ. އެ ތަނުގައި ކެބިނެޓުގެ ވަޒީރުންނާއި އަދި ޕާޓީގެ އިސް މީހުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވެސް ޔާމީން، އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒަށް ބަވާލި މަންޒަރާއި އެ އަޑު އަހާނެ އޭރު ކެބިނެޓުގައި ތިއްބެވި ވަޒީރުން ވެސް އަދި އަޅުގަނޑުމެންވެސް. ރައީސް މުއިއްޒު ކީރިތި ކުރައްވަންދެން ބަވާލި" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ މި ވާހަތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ބުރިޖުން ލޭނެއް މަދުވި ގޮތް ސާފުވެއްޖެ ކަމަށް ވިދާޅުވެ އެކަމުގެ ފާޑިކިޔުންތައް އަމާޒުކޮށްފައެވެ. 

މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭރުގެ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި މިހާރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު ވަނީ ބްރިޖު ހަދާފައިވަނީ ކުރެހުމާއި އެއްގޮތަށްކަމަށެވެ. އަދި ސިނަމާލެ ބުރިޖުގެ ކުރެހުން އާންމުކުރި ދުވަހު ރައީސް އޮފީހުގެ ރަސްމީ ޔޫޓިއުބް ޗެނަލްގައި އާންމުކޮށްފައިވާ ވީޑިއޯ ވަނީ ހިއްސާކުރައްވައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް