ކުރީގެ ޗެމްޕިއަން ފެނަކަ މި ފަހަރު ނުކުޅޭ
ސްޕޯޓްސް ޓީމް
28 އޯގަސްޓް 2024 - 16:07:16
ކްލަބް މޯލްޑިވްސްގެ މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު ފެނަކަ މި ފަހަރުގެ މުބާރާތުގައި ބައިވެރިނުވާން ނިންމައިފިއެވެ.
ފެނަކަ އިން ވަނީ 2022 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި ކްލަބް މޯލްޑިވްސްގެ އަންހެން މުބާރާތް، އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާ، 2017 އާއި 2023 ވަނަ އަހަރު ކާމިޔާބު ކުރީ ފެނަކަ އިންނެވެ.
އެކަމަކު މާލީ ހާލަތު ހުރި ގޮތުން މި ފަހަރު ފެނަކައިން މުބާރާތުގައި ވާދަނުކުރެއެވެ. ފެނަކަ ޓީމަށް މީގެ ކުރިން ރާއްޖޭގެ އެންމެ ނަން މަޝްހޫރު ކުޅުންތެރިން ކުޅެފައިވެއެވެ.
ކްލަބް މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އަންނަ މުބާރާތެވެ. ކޮވިޑް-19ގެ ސަބަބުން އެކި ކަންކަމަށް އައި މެދުކެނޑުމާ ހެދި 2020 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ނުބޭއްވުނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް