ads
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ
ސްޓެލްކޯ އިން އަންނަ މަހު ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފަށަނީ
އަންނަ ސެޕްޓެމްބަރު މަސްތެރޭ ސްމާޓް މީޓަރު ގާއިމްކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ސެޓެލްކޯގެ މެނޭޖިން ޑިރެކްތަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ސްޓެލްކޯގެ މައި އިމާރާތުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ ސްޓެލްކޯގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރު ދުވަސް ތެރޭގައި ހުރިހާ ކަސްޓަމަރުންނަށް ސްމާޓް މީޓާ ހިދުމަތްދީ ނިންމުންކަމަށްވާއިރު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ނުވަތަ މި ފެށޭ ސެޕްޓެމްބަރު މަސްތެރޭގައި އެ މަސައްކަތް ފެށިގެންދާނެކަމަށް ފަހުމީ ވިދާޅުވި އެވެ.

ސްމާުޓް ގިލްޑް އެކްސްޕޭންޑް ވެގެން ދާނެ ގޮތާމެދު، ސްޓެލްކޯގެ ހުރިހާ އިންޖީނުތަކެއް، އެސްކާޑާ ސިސްޓަމް މެދުވެރިކޮށް، ކޮމްޕިއުޓާ މެދުވެރިކޮށް، އަދި ޑިސްޓްރިބިއުޝަން ސިސްޓަމް އާއެކު މިހާރު ވަނީ ސްމާޓް ގިލްޑަކަށް ބަދަލްވެ އެސްކާޑާާ ސިސްޓަމް މެދުވެރިކޮށް ހުރިހާ ޓްރާންސްފޯމާތަކެއްވެސް އޮފީހުގައި ތިބެގެން ސްވިޗް އޮން އޮފްކޮށް ހެދޭނެގޮތަށް ގާއިމްކޯށްފައިކަމަށް ފަހުމީ ވިދާޅުވި އެވެ.

"ހުރިހާ ރަށްތަށް މިވަނީ ސްމާޓް ގިލްޑްއެއް މެދުވެރިކޮށް އެ ރަށްތަށް ހިންގާ ހުރިހާ އިންޖީނުތަކެއްގެ އޮންކޮށް އޮފްކޮށް އޭގެ ހާލަތު ދެނެގަނެވޭނެ ސިސްޓަމްއެއް ގާއިމްކުރެވިފައި، ކުރިއަށް ރާވާފައި މިއޮތީ މި ސިސްޓަމްއާއެއްކޮށް މުޅި ނެޓްވޯކް މިއަހަރު ސްމާޓް ގިލްޑްއަކަށް ބަދަލްވެފައި، މި ޕްރޮޖެކްޓް ނިމުމާ ގުޅިގެން އަޅުގަނޑުމެން މިހާރު މިފަށަނީ ދުރު މުސްތަގްބަލެެއްގައި، ސްމާޓް މީޓާ އިނސްޓޯލް ކުރުމުގެ މަސައްކަތް" ފަހުމީ ވިދާޅުވި އެވެ.

ސްމާޓް މީޓާ އިންސްޓޯލް ކުރުން ލަސްވެގެން ދިޔައީ ސްމާޓް ގިލްޑްގެ މަސައްކަތް ނިމެންދެން މަޑުކޮށްލަން ޖެހުނީމަ ކަމަށާއި ޖުމްލަކޮށް ހައްލު ލިބެނީ ސަމާޓް ގިލްޑް އާއި، ސްމާޓް މީޓާ އެއްކޮށް އައުމުން ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި އޭގެ ތެރެއަށް އިންފޯޕްލޭޓް ކުރަން ބޭނުން އީވީ ކާޗާގެ ސިސްޓަމަކާއި މޮޓޯ ސައިކްތަކަށް ބެޓްރީ ޗާޖް ކުރެވޭނެ މެކޭނިޒަމްގެ މަސައްކަތްވެސް މިހާރ ކުރިއަށް ގެންދާކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީ ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ މަހާ އަޅާ ބަލާއިރު އެންމެ ފަހުން ލިބޭ ބިލު ގާތްގަނޑަކަށް 80 ވަރަކަށް އިންސައްތައިން ބިލް ކުޑަ ކަމަށް ފަހުމީ ވިދާޅުވި އެވެ. 

"ދިމާވާ އެންމެ ބޮޑު މައްސަލައަކީ އަޅުގަނޑުމެންނަށް މިހާރު އެތައް އަހަރަކު ރީޑިން ނެގެމުން އާއްސަ ހުރިގޮތުން ރީޑިން ނަގާތާ 20 ނުވަތަ 25 ދުވަސް ފަހުން ބިލް ޑެލިވާ މިކުރަނީ، މިދިޔަ ވިއްސާރާ މޫސުމުގަިއ ކަސްޓަމަރުން ވަރަށް އެކްސްޕެކްޓް ކުރާނެ، އެއިރު އެއާކޯންވެސް ބޭނުމެއް ނުކުރަމޭ އެކަމަކު ބިލަކުން ނެތޭ އެކަން ފެންނާކަށް ބިލުން މިބައި ނުފެންނަ އެންމެ ބޮޑު އެއް ސަބަބަކީ، ބިލް ޑެލިވާ ކުރާތާ 28 ދުވަސް ނުވަތަ 25 ވަނަ ދުވަހު، ނުވަތަ މަދުވެގެން 20 ދުވަސް ގެ ގެޕެއް އެބަ އިނދޭ ،ސްމާޓް މީޓާއަށް ދިޔުމުގެ އެންމެ ބޮޑު ބޭނުމަކީ ގެޕް ކައިރިި ކުރުން" ފަހުމީ ވިދާޅުވި އެވެ.

ސްމާޓް މީޓާއަށް ދިޔުމުން ރިއަލް ޓައިމްގައި މޮަބައިލް އެޕުން ގޭގެ ސޯފާގައި އިނދެގެން މީޓާރަށް އަރާ އަދަދު ފެނިގެންދާނެކަމަށް ފާހަގަކޯށް ފަހުމި ވިދާޅުވީ މިހާރު އޮތީ ސްމާޓް ގިލްޑް ސިސްޓަމްގެ ބެކްބޯން ނިމިފައި ކަމަށާއި ބެކް ބޯން ނިމުމަށްފަހު ސްމާޓް މީޓާގެ މަސައްތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ފަހުމީ ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް