ސައުދީ އަރަބިއްޔާގެ ރަތް ކަނޑުގެ ސަރަހައްދުގައި އޮންނަ އުމްލުޖް ސިޓީގައި އޮތް ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނު އެވެ. ސައުދީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ސާލޭ ބިން ނާސަރު އަލް ޖަސަރު އެވެ.
ޓްރާސްޕޯޓް މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ ރާއްޖެއާ ސައުދީއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާ އާއި ސީޕްލޭން އޮޕަރޭޝަން އަދި ވޯޓާ އެއަރޮޑްރޯމްއާއި ގުޅޭ ދާއިރާ އިން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް އެކުވާލި އެއްބަސް ވުމެއް ކަމަށެވެ.
މި އެއްބަސްވުމާއެކު ރާއްޖެއާއި ސައުދީއާ ދެމެދު އޮތް ސްޓްރެޓެޖިކް ޕާޓްނާޝިޕް ހަރުދަނާވަމުންދާކަން ޓްރާންސްޕޯޓުން ފާހަގަކުރި އެވެ.