ads
ނީތާ އަމްބާނީ ފޮޓޯ: ޓައިމްސް ނައު ނިއުސް
ނީތާ ބޮނީ ރަނުގެ ފެނެއް، މިއި ކިހާ ވަރެއްގެ ހަގީގަތެއްބާ؟
ނީތާ އަމްބާނީގެ މުއްސަނދި ކަމުން ފުރިގެންވާ ދިރިއުޅުމުގެ ވައްޓަފާޅިއަކީ އަޑު އިވޭނެ އާކަމަކަށް ނުވެދާނެ އެވެ. ދާދި ފަހުން އަމްބާނީގެ ފޮޓޯއެއް ވައިރަލްވެ ދައުރުވަމުން ދިޔައިރު އެ ފޮޓޯގައި ވަނީ ރަން ފެން ނުވަތަ "ގޯލްޑް ވޯޓާ" ބޯން ހުއްޓާ އެވެ.
Advertisement

ދުނިޔޭގެ އެންމެ މުއްސަނދި އެއް އަންހެނުންގެ ގޮތުގައި މަޝްހޫރު ނީތާ އަމްބާނީ އަށް ގިނަ ފަހަރަށް ސަމާލުކަން ލިބެނީ އޭނާގެ މުއްސަނދިކަމުން ފުރިގެންވާ ދިރިއުޅުމުގެ ސަބަބުންނެވެ.

އޭނާގެ ދުވަހުން ދުވަހަށް ބޭނުންކޮށް އުޅޭ އެއްޗެހި ވެސް އާންމުކޮށް މީހުން ބޭނުންކޮށް އުޅޭ ޒާތުގެ އެއްޗެއްސާ މުޅިން ތަފާތެވެ. މިސާލަކަށް އޭނާ ބޯން ގެންގުޅޭ ފެނަށް ބަލާލަމާ ހިނގާށެވެ.

24 ކެރަޓްގެ ރަނުން ޖަރީކޮށްފައިވާ މި ފެނަކީ ފްރާންސާއި ފިޖީގެ ގުދުރަތީ ކޯރުތަކުގެ ފެނާއި، އައިސްލޭންޑްގެ ގްލޭޝިއާ ފެން އެކުލެވޭ ފެނެއް ކަމަށްވާއިރު ލަފާކުރާ ގޮތުގައި ކޮންމެ ފުޅިއެއްގެ އަގަކީ 60،000 ޑޮލަރެވެ. އަދި އުމުރުން 60 އަހަރުގައި ނީތާގެ ހަންގަނޑުގެ ރީތިކަމާއި އެއްވެސް އުނިކަމެއް ނެތް ސަބަބަކީ ރަން ފެން ބުއިމުގެ އަސަރެއްކަމަށް އިންޑިއާގެ މީޑިއާތަކުގައި ވާހަކަ ފަތުރާ އުޅެއެވެ.

60،000 ޑޮލަރަށް އޯކްޝަނެއްގައި ވިއްކާފައިވާ މި ރަން ފެނަށް ދީފައިވާ ނަަމަކީ "އެކުއާ ޑީ ކްރިސްޓާލޯ ޓްރިބިއުޓޯއާ މޮޑިގްލިއާނީ " އެވެ. މި ފެން ވަނީ ގިނިސް ވޯލްޑް ރެކޯޑްސް އިން އެންމެ އަގުބޮޑު ފެނުގެ ގޮތުގައި ލިސްޓްވެސް ކޮށްފަ އެވެ.

ރިޕޯޓްތަކުގައިވާ ގޮތުން 750 މިލިލީޓަރުގެ ފެން ކޮންޓެއިނަރެއް ހިމެނޭ ފުޅި 24 ކެރެޓްގެ ރަނުން ފަރުމާކޮށްފައިވާއިރު، ފެނުގެ "އެލްކަލައިނިޓީ" މިންގަނޑު ހިފެހެއްޓުމަށް އެފެނަށް 5 ގްރާމްގެ ރަން އަޅާފައިވެ އެވެ. 

60،000 ޑޮލަރުގެ ރަން ފެނުގެ އިތުރުން ނީތާ އަމްބާނީގެ އަގުބޮޑު ކަލެކްޝަންތަކުގެ ތެރޭގައި "ނޮރިޓާކޭ"ގެ ސައިސެޓެއް ހިމެނެ އެވެ. އަދި އެއީ ނީތާ ގަވައިދުން ސައިބޯން ގެންގުޅޭ ސައިސެޓެއްކަމަށްވެސް މީޑިއާތަކުން ރިޕޯޓްކުރެ އެވެ. އެގޮތުން އެ ސައިސެޓަކީ ޖަޕާނުގެ އެންމެ ދުވަސްވީ ކްރޮކަރީ ބްރޭންޑުން އުފައްދާފައިވާ ސައިސެޓެއްކަމަށްވާއިރު އޭގެ އަގަކީ ގާތްގަނޑަކަށް 1.5 ކްރޯ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް