ads
ބްރިޖުގެ މަސައްކަތް ހިނގު ދުވަސްވަރު އެމަސައްކަތް ބަލާލުމަށް ރައީސް ޔާމީން ޑރ މުއިއްޒު ކުރެއްވި ޒިޔާރަތުގެ ތެރެއިން
ލޭން މަދެއް ނުވާނެ، ބްރިޖު ނުހުޅުވާން ޔާމީން އުޅުއްވި: ރައީސް
ބްރިޖުން އެއްވެސް ލޭނެއް މަދެއް ނުވާނެކަމަށާއި ބްރިޖު ނުހުޅުވަން ރައީސް ޔާމިން މަސައްކަތް ކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ސަންގު ޓީވީއަށް ދެއްވި އިންޓާވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތް ރަސްމީކޮށް އެ މަނިކުފާނާއި ހަވާލުކުރީ 2014ގެ ސެޕްޓެމްބަރު އޮކްޓޫބަރު ހިސާބުގައިކަމަށާއި އެހިސާބުން ފެށިގެން ހިނގި ހުރިހާކަމެއް އެނޑިވަޑައިގަންނަވާކަމަށެވެ.  

އޭގެ ފަހުން އެ މަސައްކަތުގެ އެއްވެސް ކަމަކަށް ބަދަލެއް އައިސްފައިނުވާކަމަށާއި ބްރިޖު ނިމިފައިއެވަނީ ކުރެހުމުގައި އޮތްގޮތަށް މަސައްކަތް ހަވާލުކުރިއިރު އޮތްގޮތަށް ކޮޅަށް ދެ ލޭން ހިމެނޭގޮތަށް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

" ލޭނެއް މަދެއް ނުވާނެ ކޮންމެ ލޭނަކުން ތަންކޮޅެއް ފުޅާވީ. އިތުރު ވީ މީޓަރެއްވަރު. ހެވީ ވެހިކަލް ދުއްވާކޮޅަށް އެ ބޭފުޅުންވެސް ބޭނުންވެގެން. 20 މީޓަރު އޮތީ 21 މީޓަރަށް ހެދީ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ބްރިޖުން ލޭނެއް މަދުވެގެން ރައީސް ޔާމީން އެއްޗެތި ކިޔުއްވިކަމަށް ރައްޔިތުން މަޖިލީހުގައި ރަޢީސް އަބްދުއްރަހީމް ދެއްކެވި ވާހަތަކުގައި ތަފްސީލު ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ. އެމަނިކުފާނު ވިދަޅުވީ ބްރިޖުގެ މަސައްކަތް ނިމި ހުޅުވަން ހަފްތާއަކަށް ވެފައިވަނިކޮށް ރައީސް ޔާމިން ބްރިޖް ކޮމެޓީއާ ބައްދަލުކުރެއްވިކަމަށެވެ. އަދި ބްރިޖުގައި ސައިކަލް ދުއްވަން ވަކި ލޭނެއް ނެތިގެން އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރެއްވިކަމަށާއި ބްރިޖު ހުޅުވުން ކެންސަލް ކުރަންވެސް އެންގެވިކަމަށެވެ. އެކަން އެގޮތަށް އެންގުމުން ސަފީރާއި ވާހަކަދައްކާ އެކަން ކުރެވޭތޯ ބެއްލެވިކަމަށާއި އެކަން އެގޮތަށް ނުވީ ބްރިޖުގެ މަސައްކަތް ނިމިފައި އޮތުމުންކަމަށްވެސް ރައިސް މުއިއްޒު ވިދާޅުވިއެވެ. 

" އެއްގޮތަކަށްވެސް އެއްބަސްވެޑައި ނުގެން، ވިދަޅުވީ ބްރިޖެއް ނުހުޅުވާނެޔޭ ބްރިޖު ހުޅުވުން ކެނަސަލް ކުރާށޭ.... އަޅުގަޑު ދެން ދެއްކެވި އެއްވެސް ވާހަކައެއް ގަބޫލު ނުކުރެވީ ކަންނޭނގޭ . ދެން ހަމަ ކްލިއާލީ ވިދާޅުވީ ބްރިޖެއް ނުހުޅުވާނަމޭ އެހެން ވިދާޅުވެފައި މީޓިން ނިންމާފައި ވަޑައިގަތީ. ދެން އެވާހަކައިގެ ތެރޭގައި އަޅުގަނޑަށް ދެން ވަރަށް ބޮޑަށް އަސަރުކުރި އެ ވިދާޅުވީ ހަމަ ރަނގަޅަަށް އަޅުގަޑަށް ރޮވުނު." މުއިއްޒު ވިދާޅުވިއެވެ.

ބްރިޖުގެ ބައިސްކަލް ލޭން ސައިކަލް ލޭނަކަށް ބަދަލުކުރަން ވިދާޅުވުމުން އެތަނުގައި ސައިކަލް ދުއްވޭނެތޯ ބަލަން ރައީސް އޮފީސް ކޮރިޑޯ ތެރެއަށް ސައިކަލެއް ވައްދައިގެން އެކަން ކުރެވޭތޯ ބެއްލެވިކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބްރިޖު ހުޅުވަން އޮތް ދުވަހަށް ހުޅުަވަން ރައީސް ޔާމީން އެއްބަސްވެޑައިގަތީ އެމަނިކުފާނު ގެޔަށް ވަޑައިގަތުމުން ފޯނުން ގުޅާ އެކު ގޮތްގޮތަށް ވާހަކަ ދެއްކެވުމުންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް